ތިންވަނަ ޑިވިޝަން ފުޓްބޯޅަ

ތިންވަނަ ޑިވިޝަން އޮކްޓޯބަރު 17 ގައި

މުހައްމަދު ހަމްދޫން
ހަވީރު އޮންލައިން، 15 ސެޕްޓެމްބަރ 2011 16:36
  • ތިން ވަނަ ޑިވިޝަނުގެ މެޗެއް ކުރިއަށް ދަނީ: މި އަހަރުގެ މުބާރާތް އޮކްޓޯބަރު 17 ގައި ފަށާނެ. --ހަވީރު ފައިލް ފޮޓޯ

މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮކްޓޯބަރު 17 ވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ އެފްއޭއެމްގެ މެންބަރު ކްލަބް ޖަމިއްޔާ އަދި ޖަމާއަތްތަކާއި އެސޯސިއޭޓް މެންބަރު ކްލަބް ޖަމިއްޔާތަކުން އޮކްޓޯބަރު 3 ގެ ކުރިން ހުށަހެޅުމަށް އެފްއޭއެމް އިން ވަނީ އަންގައިފަ އެވެ.

އެފްއޭއެމް އިން ބުނީ އެ އިދާރާގެ މެންބަޝިޕް ކްލަބް ޖަމިއްޔާ، ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެންބަރު ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް މުބާރާތުގައި ބައިވެރިވެވޭނީ 3000ރ. ގެ ފީއެއް ދެއްކުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެއް ވަނަ ޑިވިޝަނަށް ކުރިން ކުޅުނު ބައެއް ކުޅުންތެރިން ހިމެނޭ ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމަށް ދެ ވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި