ތިންވަނަ ޑިވިޝަން ފުޓްބޯޅަ

ތިން ވަނަ ޑިވިޝަން: ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދައިފި

ހަސަން ޝިފާން
ހަވީރު ނިއުސް ސާވިސް، 15 ޑިސެމްބަރ 2011 14:18

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބީޖީ ސްޕޯޓްސް އަތުން ޕެނަލްޓީ ޖަހައިގެން 6- 5 އިން މޮޅުވެ، ކްލަބު ޒެފްރޯލް ޗެމްޕިއަންކަން ބުދަ ދުވަހު ހޯދައިފި އެވެ.

ޕެނަލްޓީޖަހައިގެން މެޗުގެ ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1- 1 އިން އެއްވަރުވެފައި އޮތުމުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ބީޖީގެ އަހުމަދު ޝަމާއު އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ މޫސާ ފަތުހީ އެވެ. ފެއާ ޕްލޭ ޓީމަކީ ބީޖީ އެވެ. ފައިނަލަށް ފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުޅުންތެރިންނަށް އިނާމުތައް ހަވާލުކުރީ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ އެވެ.

ސާޅީސް އެއް ޓީމު ބައިވެރިވި މުބާރާތުގެ ފައިނަލުގައި ވާދަކުރި ޒެފްރޯލާއި ބީޖީ ވަނީ ދެވަނަ ޑިވިޝަނަށް ކޮލިފައިވެފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި