ތިންވަނަ ޑިވިޝަން ފުޓްބޯޅަ

ތިން ވަނަ ޑިވިޝަން އޮކްޓޯބަރު 15 ގައި ފަށަނީ

މުހައްމަދު ހަމްދޫން
13 ސެޕްޓެމްބަރ 2012 00:59
  • މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަނުގެ ފައިނަލަށް ފަހު ޗެމްޕިއަން ޒެފްރޯލްގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ. -- ހަވީރު ފައިލް ފޮޓޯ

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮކްޓޯބަރު 15 ވަނަ ދުވަހު ފެށުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެފްއޭއެމްގެ މެމްބަރު ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެފްއޭއެމް އިން ބުނީ އެ އިދާރާގެ މެންބަޝިޕް ކްލަބް ޖަމިއްޔާ، ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެންބަރު ކްލަބް ޖަމިއްޔާ، ޖަމާއަތްތަކަށް މުބާރާތުގައި ބައިވެރިވެވޭނީ 3،000ރ. ގެ ފީއެއް ދެއްކުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ޑިވިޝަން ކާމިޔާބުކުރީ ކްލަބް ޒެފްރޯލް އެވެ. އެއީ ފައިނަލުގައި ބީޖީ ސްޕޯޓްސް އަތުން ޕެނަލްޓީ ޖަހައިގެން 6- 5 އިން މޮޅުވެގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 41 ޓީމު ވާދަކުރި އެވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ދެ ވަނަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި