އައްޑޫގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށާއި އެ މީހުންނަށް ތަކުރާރުކޮށް އަނިޔާތައް ލިބެމުންދާ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކައިރީގައި ބިދޭސީންތަކެއް މިއަދު މުޒާހަރާކޮށްފި އެވެ.
ހިތަދޫގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ބިދޭސީން ގެންގުޅޭ ބައެއް ފަރާތްތަކުން ވެސް ބައިވެރިވި އެ މުޒާހަރާގައި ވަނީ ކައުންސިލް އިދާރާ ކައިރިއަށް ހެނދުނު 30: 10 އެހާއިރު، އެއްވެ ޝުއޫރު ފާޅުކޮށްފަ އެވެ.
ބިދޭސީން ބުނީ އެ މީހުންނަށް ފަހަކަށް އައިސް ބޮޑެތި ގެއްލުންތައް އެކި ގޮތްގޮތުން ދެމުން ގެންދާ ކަމަށެވެ. އެގޮތުން އެ މީހުން ދިރިއުޅޭ ތަންތަނުން ވައްކަން ކުރުމުގެ އިތުރުން މާރާމާރީ ހިންގައި ތޫނު އެއްޗެހިން ހަމަލާ ދީ، އިންޒާރު ވެސް ދެމުން އަންނަ ކަމަށް ބިދޭސީން ބުންޏެވެ.
ހިތަދޫގައި ބިދޭސީން ގެންގުޅޭ ބައެއް ފަރާތްތަކުން ބުނީ އެ މީހުންގެ ސެކިއުރިޓީ އާ ދޭތެރޭ ކަންބޮޑުވުންފާޅުކޮށް، ގިނަ ބިދޭސީން މިހާރު ބޭނުން ވަނީ އައްޑޫ ދާން ކަމަށެވެ. ނަމަވެސް ބޮޑެތި ހަރަދުތަކެއްކޮށްގެން، މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމުން ބައެއް މީހުންގެ ފަރާތުން އެ މީހުންނަށް އެކި ވަރުގެ ގެއްލުންތައް ތަކުރާރުކޮށް ދެމުންދާކަމީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބިދޭސީން ގެންގުޅޭ ބައެއް ކުންފުނިތަކުން ބުންޏެވެ.
ބިދޭސީންނާއި އެމީހުން ގެންގުޅޭ ފަރާތްތަކުން ކައުންސިލް އިދާރާ ކައިރި އަށް އެއްވުމުން ފުލުހުން ވަނީ އެ މީހުން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މިކަމާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް، އެކަން ހައްލު ކުރެވިދާބެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
ކައުންސިލަރު އަބްދުﷲ ތޮއްޔިބް މިއަދު ވިދާޅުވީ ރަށުތެރޭގައި ކުށްކުރަމުންދާ މަދު ބައެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ބިދޭސީންނަށް ގެއްލުން ދިނުން އާންމު ކަމަކަށްވުމާ އެކު، އައްޑު އަށް ޓީޗަރުންނާއި ޑޮކްޓަރުން ވެސް އައުމަށް ޖެހިލުންވަމުންދާ ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.
"މި މައްސަލަ ވަރަށް ސީރިއަސްވަމުން ދަނީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ މި މައްސަލާގައި. ކުށް ކުރާ މަދު އަދަދެއްގެ ބަޔަކު ރަށު ތެރޭގައި ދޫވެގެން މިކަން ހިނގަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ. "މިކަން ހައްލު ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އައްޑޫގެ ވެށި މިހާރު ވަރަށް ބޮޑަށް ނާމާންވެފައި މި ވަނީ."

ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
3 comments