ވަޅިހެރުން

އަނބި މީހާއަށް ވަޅިން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ހުސައިން ފިޔާޒު މޫސާ
05 އޯގަސްޓް 2012 22:00 17 ކޮމެންޓު
  • ށ.މިލަންދޫގައި ކުރި މުޒާހަރާއެއް ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރަނީ: އެ ރަށުގައި އަނބިމީހާ އަށް ހަމަލާ ދިން މީހަކު މިއަދު ވަނީ ހައްޔަރުކޮށްފައި. -- ހަވީރު ފައިލް ފޮޓޯ

މާރާމާރީ ހިންގައި ތޫނު އެއްޗަކުން އަނބިމީހާ އަށް ހަމަލާދިން 60 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް ބުނީ ށ. މިލަންދޫގައި މިއަދު މެންދުރެއްހާއިރު ދިން މި ހަމަލާގައި ޒަހަމްވި 30 އަހަރުގެ އަންހެން މީހާގެ ހާލު އެހާ ސީރިއަށް ނޫން ކަމަށެވެ. އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިލަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ހަމަލާ ދީފައިވަނީ އަންހެން މީހާގެ ކަނާތު ފައިގެ ފަލަ މަސްގަނޑަށް ކަމަށާއި ދެ އިންޗީގެ ދިގުމިނުގެ ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. ރަށު ސިއްހީ މަރުކަޒުން އޭނާ އަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

ހަވީރަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ އަށް ހަމަލާދިން އޭނާގެ ފިރިމީހާ އަކީ ގ. ސައުތު ބްރީޒް އަހްމަދު ރާޝިދު އެވެ. އޭނާ މިހާރު ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. ހަމަލާގައި ޒަހަމްވި އަންހެން މީހާ އާއި އަހުމަދުގެ ދަރިއަކު ވެސް ހުރެ އެވެ. ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހާ އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

17 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait