ދަނޑުވެރިކަމުގެ ދުވަސް

ދަނޑުވެރިންގެ ދުވަސް ސެޕްޓެމްބަރު މަހު ފުނަދޫގައި

ފަޒީނާ އަހުމަދު
06 އޯގަސްޓް 2012 11:53 3 ކޮމެންޓު
  • ކާށިދޫ މިރުސް ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ: މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ށ. ފުނަދޫގައި --ހަވީރު ފައިލް ފޮޓޯ

ރާއްޖޭގެ ދަނޑުވެރިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް މި އަހަރުގެ ސެޕްޓެމްބަރު މަހު ށ. ފުނަދޫގައި ބާއްވާގޮތަށް އެގްރިކަލްޗާ މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އެއް ދުވަހެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފާހަގަކުރި ނަމަވެސް އެ ދެ ދުވަސް ވަކިވަކިން ފާހަގަކުރާގޮތަށް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ދަނޑުވެރިންގެ ދުވަސް ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 10 ގައި ފާހަގަކުރުމަށެވެ. ނަމަވެސް މި އަހަރު އެ ދުވަސް ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރާ ދިމާވުމުން ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 އަދި 27 ގައި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ ހަރަކާތްތައް ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކަށް ހުޅުވާލުމުން ފަސް ރަށަކުން ކުރިމަތިލާފައިވާ ކަމަށެވެ. ދަނޑުވެރިންގެ ދުވަސް ފުނަދޫގައި ފާހަގަކުރުމަށް ހަމަޖެއްސީ ފަސް ރަށުގެ ހުށަހެޅުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް އެންމެ ފަހުން ފާހަގަކޮށްފައި ވަނީ ނ. ކެނދިކުޅުދޫގަ އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait