ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތް 45 ޓީމާ އެކު ބުދަ ދުވަހުގެ ރޭ ފަށާނެ އެވެ.
ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގެ ހުސް ބިމުގައި ކުރިއަށް ގެންދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ވަނީ ހުށަހަޅައިފ އެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ހުށަހަޅައިފަ އެވެ.
ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އައްސަދު މިއަދު ބުނީ މުބާރާތުގައި ބައިވެރިވި ޓީމުތައް ގިނަވުމުން މުބާރާތް ނިމެނޭ ދުވަހެއް އަދި ކަނޑައެޅިފައިނުވާ ކަމަށެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ މަހުގެ ފަސް ވަނަ ދުވަހު މުބާރާތް ނިމެނޭ ކަމަށް އޭނާ ބުންޏެވެ.
ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތް އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ބޭއްވީ ބައިބަލާ އެސޯސިއޭޝަނާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ ގުޅިގެންނެވެ. ކުރިން ބައިބަލާ މުބާރާތް އިންތިޒާމްކުރީ ދިވެހިރާއްޖޭގެ އަޑުންނެވެ.
މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެވެ. ދިވެހި ރާއްޖޭގެ އަޑުން 1996 ވަނަ އަހަރު ބައިބަލާ މުބާރާތް ތައާރަފްކުރިއިރު، ފުރަތަމަ ފަސް އަހަރު ތަށި ގެންދިޔައީ ބީޖީ އެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ވެސް ތަށި އުފުލާލީ ބީޖީ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
0 comment