ފިތުރު އީދާ ގުޅުވައިގެން ކުރިއަށްގެންދާ ބައިބަލާ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގެ މެޗުތައް ރޭ ނިމި، ކުއާޓާ ފައިނަލަށް އަށް ޓީމު ހޮވިއްޖެ އެވެ.
ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މުބާރާތުގައި ރޭ ކުޅުނު އަށް މެޗުން މޮޅުވެގެން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ޓީނޭޖް ޖޫނިއާސް އާއި ބީޖީ ނިއު ޖެނެރޭޝަން އާއި އެލްޓީ ސްޕޯޓްސް އާއި ޒެފްރޯލް ގޯޅި އާއި އެންމެ ފަހުގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް އާއި ވެސްޓް ސްޕޯޓްސް އާއި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ޒެފްރޯލް އަދި ކުޑަ ވެސްޓެވެ. މީގެ ތެރެއިން ވެސްޓް ސްޕޯޓްސް މޮޅުވީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތުގައި ވާދަކުރާ ކުރީގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން މޮޅުވެގެންނެވެ.
ކަސްރަތު އިންސްޓަކްޓަރު މުހައްމަދު ހާނިމް މަޖާ ގޮތަކަށް ހުށަހަޅައިދޭ މުބާރާތުގައި މިރޭ ކުޅޭނީ ކުއާޓާ ފައިނަލުގެ ހަތަރު މެޗެވެ. އަދި މާދަމާ ރޭ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގެ ހުސް ބިމުގައި ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ވަނީ ހުށަހަޅައިފ އެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ހުށަހަޅައިފަ އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގައި 45 ޓީމު ވާދަކުރެ އެވެ.

0 comment