ފައިސާގެ ބޮޑެތި އިނާމުތަކާ އެކު ދިޓީވީ ބައިބަލާ ޗެލެންޖް 2012 މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަށައިފި އެވެ.
ދިޓީވީ އާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން ފުރަތަމަ ފަހަރަށް ބާއްވާ ބައިބަލާ ޗެލެންޖަށް ޖުމްލަ 190،000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. އެއީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ 100،000ރ. ގެ އިނާމާއި ރަނަރަޕް ޓީމަށް ދޭ 50،000ރ. އާއި ފެއާ ޕްލޭ ޓީމަށްދޭ 25،000ރ. އަދި މިސްޓަ ބައިބަލާގެ މަގާމަށް ދޭ 15،000ރ. އެވެ. މިއީ ބައިބަލާގެ މުބާރާތަކަށް މިހާތަނަށް ހުށަހަޅައިފައިވާ އެންމެ ބޮޑު ފައިސާގެ އިނާމެވެ.
އާންމުކޮށް ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތާ ހިލާފަށް ބައިބަލާ ޗެލެންޖް ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވެފައިވާ 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެނެވެ. ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ގުރޫޕް އޭގައި ވާދަކުރަނީ ދަނޑު ގޯޅި އާއި މޮކާޓޭ ކުޑަ ހެންވޭރާއި ވީއެންޑީޕީ އަދި ވޯންޓަޑެވެ. ގުރޫޕް ބީގައި ވާދަކުރަނީ ބައިބަލާގެ ޗެމްޕިއަންކަން ކުރިން ހޯދައިފައިވާ މާޒިޔާ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އާއި ޓީނޭޖް ޖޫނިއާސް އަދި ކްލަބް ޒެފްރޯލެވެ. ގުރޫޕް ސީގައި ވާދަކުރަނީ އެލްކިއު ސްޕޯޓްސް އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ޖޭބީ އީގަލްސް އިން ތުރީޑީ އަދި ޖޫނިއާ ބޯއީސް އެވެ. ގުރޫޕް ޑީގައި ވާދަކުރަނީ އޮޔެހާ ޓައިޓަންސް އާއި ޔޫއެން ފްރެންޑްސް އާއި ބިރު ބިސް ބުރު އަދި ބީޖީ ނިއު ޖެނެރޭޝަނެވެ.

އެމްޑީޕީގެ މުޒާހަރާ
1 comment