ވިޔަފާރި

ވީއައިޕީ ލައުންޖަކާ އެކު މަރަދޫފޭދޫ "ކޮފީ ބެންޑް" ރެސްޓޯރެންޓް އަލުން ހުޅުވައިފި

ސ. ފޭދޫން އަހުމަދު އަދްޝަން
24 ޑިސެމްބަރ 2011 4 ކޮމެންޓު
  • "ކޮފީ ބެންޑް" ގެ ވީއައިޕީ ލައުންޖްގައި އެތަނުގެ މުވައްޒަފަކު ހަރަކާތްތެރި ވަނީ --ހަވީރު ފޮޓޯ/ އަހުމަދު އަދުޝަން

ސ. މަރަދޫފޭދޫ ލިންކް ރޯޑުގައި ހުންނަ "ކޮފީ ބެންޑް" ރެސްޓޯރެންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވީއައިޕީ ލައުންޖަކާ އެކު އަލުން ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މަރާމާތަށް ބަންދުކުރުމަށް ފަހު ބޮޑެތި ބަދަލުތަކަކާ އެކު އެތަން އަލުން ހުޅުވި އިރު ކަސްޓަމަރުންނަށް ހިދުމަތް ދޭން ހާއްސަ ހަތަރު ތަނެއް އެ ރެސްޓޯރެންޓުގައި މިހާރު އެބަ ހުއްޓެވެ.

އެގޮތުން އެންމެ ފާހަގަކޮށް ލެވެނީ ވީއައިޕީ ލައުންޖެވެ. އެތަނުގައި މަސް ފެންގަނޑެއް ވެސް ހަދާފައިވެ އެވެ. މީގެ އިތުރުން ވީއައިޕީ ލައުންޖުގެ މަތީގައި ޑެކެއް އަޅައި އެތަން ހުރީ އޯޕަން އެއާކޮށް ހުޅުވާލައިފަ އެވެ.

"ކޮފީ ބެންޑް" އިން ވާހަކަ ދެއްކި އަބްދުﷲ ސޯލިހު ބުނީ ރެސްޓޯރެންޓުގެ އިމާރާތަށް އައިސްފައިވާ ބަދަލުގެ އިތުރުން، ކުރިން ނުލިބޭ ވަރަށް ގިނަ ވައްތަރުތަކުގެ ކެއުން މިހާރު ލިބޭނެ ކަމަށެވެ. އެގޮތުން ތައި، އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކުގެ ކެއުން "އަތްފޯރާ ފަށެއް"ގައި ލިބޭނެ ކަމަށް ވެސް ސޯލިހް ބުންޏެވެ.

"ސާވިސް ދިނުމުގައި ކަސްޓަމަރުންނަށް ކުރިއާ ހިލާފަށް ފާހަގަކުރެވޭ ބަދަލުތަކެއް މިހާރު މިތަނުން ފެންނާނެ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެންގެ ޓާގެޓަކީ ވީހާވެސް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އާންމުންނަށް އަތްފޯރާ ފަށެއްގައި ފޯރުކޮށް ދިނުން."

"ކޮފީ ބެންޑް" ރެސްޓޯރެންޓް ހިންގާ މެނޭޖްމަންޓުން، "ސިޓީ ބެންޑް" ގެ ނަމުގައި މަރަދޫފޭދޫ ލިންކް ރޯޑުގައި 24 ގަޑި އިރު ހިދުމަތް ދޭ ރެސްޓޯރެންޓެއް ވެސް ހިންގަ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait