އިންސްޓޯލްމެންޓަށް ފައިސާ ދައްކާގޮތަށް މުދާ ގަނެދިނުމުގެ ހިދުމަތް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދޭން ފަށައިފި އެވެ.
އެމްއައިބީގެ ސީނިއާ އޮފިސަ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ރަހުމަތުﷲ އަބްދުލްފައްތާހު ވިދާޅުވީ އެ ބޭންކު މެދުވެރިވެގެން މަހުން މަހުން ފައިސާ ދައްކާ ގޮތަށް ދޫކުރާނީ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރުގެ އިތުރުން އިލެކްޓްރޯނިކްސް ސާމާނު ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައަޅާ ފިހާރަތަކުން އެ ތަކެތި ގަނެވެނީ. އަދި މި ހިދުމަތް ހޯދުމަށް އެދޭ ފަރާތަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށް ވާން ޖެހޭނެ. އޭރުން ނަގާ އެއްޗިސަށް ދައްކަންޖެހޭ ފައިސާ ކަނޑާނީ އެ މީހެއްގެ މުސާރައިން،" ރަހުމަތުﷲ ވިދާޅުވި އެވެ.
އެމްއައިބީ އިން ގަންނަ ސާމާނަށް ވާ އަދަދުގެ ފަސް ޕަސެންޓް އެޑްވާންސް ފައިސާގެ ގޮތުގައި އެ ބޭންކަށް ދައްކަންޖެހެ އެވެ. އަދި މީހަކަށް އެންމެ ގިނަވެގެން ނެގޭނީ 100،000ރ. ގެ ސާމާނު ކަމަށް ވެސް ރަހުމަތުﷲ ވިދާޅުވި އެވެ.
"މަހުން މަހަށް އިންސްޓޯލްމެންޓަށް ދައްކާ ފައިސާ މީހެއްގެ މުސާރައިގެ 30 ޕަސެންޓަށް ވާ އަދަށް ވުރެ ބޮޑުކޮށް އެއްވެސް އެއްޗެއް ނުނެގޭނެ. ފައިސާ ދެއްކުމުގެ މުއްދަތަކީ ހަ މަސް ދުވަހާއި 11 މަސްދުވަސް،" އޭނާ ވިދާޅުވި އެވެ.
އެމްއައިބީން އިންސްޓޯލްމެންޓަށް ދޫކުރާ ސާމާނު ގަނެ ވިއްކުމުގައި އެ ބޭންކަށް ފައިދާ ނަގާ ރޭޓަކީ 12 ޕަސެންޓެވެ. ރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ފިހާރަތަކަކުން އެއްޗެހި ނެގޭއިރު އޭގެ ތެރޭގައި ސަން ފްރޮންޓް، އިންޑެކްސް، ދަމާސް، ލެކިއުޓް ފަދަ މަޝްހޫރު ފިހާރަތައް ހިމެނެ އެވެ.
އެ ބޭންކުން ވަނީ މި އަހަރު ކުރީކޮޅު މޮޓޯ ބައިކް ފައިނޭންސިން ނުވަތަ އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުމުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
1 comment