އެސްޓީއޯ

އެސްޓީއޯގެ ހިއްސާގެ ފައިދާ އަންނަ މަހު ދޫކުރަން ފަށަނީ

މުހައްމަދު އަފްރާހު
20 ޖޫން 2012 09:14
  • އެސްޓީއޯއިން މި އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބައެއް ހިއްސާދާރުން: ހިއްސާ ބަހަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެން.--ހަވީރު ފޮޓޯ/ އިބްރާހިމް ފާއިދު

އެސްޓީއޯގެ ހިއްސާ އަށް ޖެހުނު ފައިދާ އަންނަ މަހުގެ އެކަކުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވާ ގޮތުގެ މަތިން ހިއްސާއަކަށް ޖެހޭ ވަރު ކަމަށްވާ 72ރ. އަންނަ މަހުން ފެށިގެން ބަހަން ފަށާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިއްސާގެ ފައިދާ ބަލާ ދާއިރު، އައޑީ ކާޑުގެ ކޮޕީއެއް ނުވަތަ ހިއްސާގެ ސެޓްފިކެޓް ގެންދަން ވާނެ ކަމަށާއި، އަދި ބަދަލުގައި މީހަކު ފޮނުވާ ނަމަ އެ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާ އެކު ހިއްސާދާރު ސޮއިކޮށްފައިވާ ސިޓީއެއް ވެސް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ހިއްސާދާރުގެ އައިޑީ ކާޑު ނުވަތަ ހިއްސާގެ ސެޓްފިކެޓުގެ ކޮޕީއެއް ވެސް އެއާއެކު ގެންދިއުމަށް އެ ކުންފުނިން އެދެ އެވެ.

އެސްޓީއޯއިން ބުނީ ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރަން މިހާރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ ކަމަށެވެ.

އެސްޓީއޯއިން 2010 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 68ރ. އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި