އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށް ކުރިޔަށް ގެންދާ "ރޮބަޓް" ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފި އެވެ.
ކުކުޅާއި ގެރި އަދި ޓާކީ މަސް ހުންނަ ރޮބަޓް ދަޅު ގަންނަ މީހުންނަށް ކޮންމެ ދަޅަކާ އެކު ކޫޕަނެއް ލިބެ އެވެ. ރޯދަ މަސް ނިމުމުން ނަގާ ގުރުން ހޮވޭ ހަތަރު ފަރާތަކަށް 1،500ރ.ގެ ގިފްޓް ވައުޗާއެއް އިނާމެއްގެ ގޮތުގައި ލިބޭނެ އެވެ.
މިދިޔަ އަހަރު އެސްޓީއޯ ސުޕަމާޓުގައި ހިންގި ޕްރޮމޯޝަންގައި 1000 ފަރާތަކުން ބައިވެރިވެ ކޫޕަން ފުރިހަމަކޮށްފައިވެ އެވެ. އަދި މީގެތެރެއިން ނުވަ ފަރާތެއް ވަނީ ރޮބަޓް ކުންފުނިން ދޭ އިނާމު ހާސިލްކޮށްފަ އެވެ.
އެސްޓީއޯ ސްޕަމާޓުން ބުނީ ރޮބަޓް ބްރޭންޑް ދަޅުގައި ހިމެނެނީ ކުކުޅު، ގެރި އަދި ޓާކީ މަސް ހުންނަ ދަޅު ކަމަށެވެ. އަދި މި މަސް ދަޅުތަކަކީ ރޯދަ މަހު އާއި ތަފާތު ހަފުލާތަކުގައި ކާބޯތަކެތި ހެދުމަށް ވަރަށް ފަސޭހައިން ބޭނުންކުރެވޭނެ އެއްޗެއް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ކޯލިޝަންގެ ޖަލްސާ
0 comment