ފޭކު އުފެއްދުމެއްގެ ފޮޓޯ ނަގައިގެން އިނާމެއް ހޯދުމުގެ ފުރުސަތު ސޮނީ ސްޕޯޓްސްއިން ހުޅުވާލައިފި އެވެ.
ސޮނީ ސްޕޯޓްސްގެ މާކެޓިން އެގްޒެކެޓިވް އަައިމިނަތު ޔުސްރާ ވިދާޅުވީ ފޭކް އުފެއްދުންތަކަށް ހޭލުންވެރި ކުރުމަށް އެ ކުންފުނިން ފަށާފައިވާ "ސްޕޮޓް އަ ފޭކް" ޕްރޮގްރާމުގައި ފޭކް ފުޓްބޯޅަ ބޫޓާއި ރަނިިން ޝޫޒްގެ ފޮޓޯ ނަގައިގެން އިނާމެއް ހޯދިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 19 އިން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފޭސްބުކްގައި ކަމަށެވެ.
"މި ޕްރޮގްރާމްގެ ބޭނުމަކީ ކަސްޓަމަރުން ފޭކް އުފެއްދުންތަކަށް ހޭލުންތެރި ކުރުވުން. މިއީ އެއްގޮތަކަށް ވެސް ކޮމްޕެޓިޓާސް އަށް ގުޅުން ހުރި ކަމެއް ނޫން،" ޔުސްރާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ އެއްވަނައަށް އަންނަ ފަރާތަކަށް 13،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖައްސާފައި ވާއިރު 3،000ރ. ގެ ލޯޔަލްޓީ ކާޑެއް ލިބޭނެ އެވެ.
ކުޅިވަރުގެ އޮރިޖިނަލް ގިނަ ބްރޭންޑްތައް ވިއްކަމުން ގެންދާ ސޮނީން ބުނީ މި ޕްރޮގްރާމުގައި ފޭކް އުފެއްދުމެއްގެ ފޮޓޯ ނަގައިގެން އެ ފޮޓޯއެއް ފޭސްބުކްގެ ސޮނީ ސްޕޯޓްސްގެ ލިންކަށް އަޕްލޯޑްކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން އޮރިޖިނަލް އާއި ފޭކް އުފެއްދުމުގެ ފޮޓޯ އަޕްލޯޑްކޮށް ދެ އުފެއްދުމުގެ ތަފާތުތައް ބުނެދޭން ޖެހޭނެ އެވެ.
ޔުސްރާ ވިދާޅުވީ މި ޕްރޮގްރާމުގައި ޕޮއިންޓް ދޭއިރު 40 ޕަސެންޓް ވޯޓް ދޭނީ ފޭސްބުކްގައި ލިބޭ ލައިކްތަކަށް ބަލާފައި ކަމަށާއި 60 ޕަސެންޓް ވޯޓު ލިބޭނީ އެ އުފެއްދުމަކާ ބެހޭ ގޮތުން ދީފައި ހުންނަ ތަފްސީލަށް ބަލާފައި ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment