ލޯކަލް މާރުކޭޓް

ބާޒާރުގައި ފަތް ކޭލުގެ އަގު ތިރިވާން ފަށައިފި

އަހުމަދު ރިޝާން
24 ޖުލައި 2012 10:14
  • ވަގުތީ ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮތަކެއް: ރޯދަމަސް ފެށުނު އިރު ކޭލުގެ އަގު ހުރީ ރަނުގައި -- --ހަވީރު ފައިލް ފޮޓޯ

ރޯދަ މަސް ފެށުނުއިރު މާލޭ ބާޒާރުގައި ފަތްކޭލުގެ އަގު ވަރަށް ބޮޑަށް އުފުލުނަސް މިހާރު އަގު ތިރިވާން ފަށައިފި އެވެ.

ރޯދަ މަސް ފެށުނުއިރު ކެޔޮވަކެއް ފަސް ރުފިޔާ އަށް ވެސް ވިއްކި އެވެ. ނަމަވެސް އިއްޔެގެ މާރު ކޭޓްގެ އަގުތަކަށް ބަލާއިރު 10ރ. ހަތަރު ވަށް ލިބެން ހުއްޓެވެ. އަދި ވަރަށް ކުދި ދޮންކެޔޮ ވަކެއް އެއް ރުފިޔާ އަށް ވެސް ބައެއް ގޮޅިތަކުން ވިއްކި އެވެ. ނަމަވެސް އެއީ ވަރަށް މަދު ގޮޅިއަކުންނެވެ.

ލޯކަލް މާރުކޭޓުގައި ފަތްކެޔޮ ވިއްކާ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި އޭގެ އަގު ތރިވީ މިހާރު ބާޒާރުގައި ފަތްކެޔޮ ގިނަ ވަމުންދާތީ އެވެ.

"މިހާރު ކުރިއަށް ވުރެ ކެޔޮ ގިނަވެއްޖެ. ކެޔޮ ގިނަވާ ވަރަކަށް މަޑުމަޑުން އަގު ދާނީ ވެއްޓެމުން،" ލޯކަލް މާރުކޭޓް ގޮޅިއެއްގައި ކެޔޮ ވިއްކަން އިން މީހަކު ބުންޏެވެ.

އެހެން އަހަރުތަކުގެ ރޯދަ މަހުގައި ބޭރުގެ ދޮންކެޔޮ ފެނުނު ނަމަވެސް މިއަހަރު ރާއްޖެ އިން ބޭރުން ގެނެސް ވިއްކާ ކޭލުގެ އަދަދު ވަރަށް މަދެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ދިވެހި އުފެއްދުންތައް ވަރަށް ބޮޑަށް ތިޔާގިވެ އެވެ. އަދި އެ އެއްޗެހީގެ އަގު ވެސް މައްޗަށް ދެ އެވެ. ތަކެތީގެ އަގު ތިރިވާން ފަށަނީ އާންމުކޮށް ރޯދައިގެ ފަހުކޮޅަށް އަޅާލީމަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި