ލޮނުޒިޔާރަތް ކޮޅު

ލޮނުޒިޔާރަތްކޮޅުގައި ޝޮޕިން މޯލަކާއި ކުޅިވަރު ކުޅޭ ކޯޓުތަކެއް އަޅަނީ

އަބްދުﷲ ޖަމީލު
31 ޖުލައި 2012 09:14 10 ކޮމެންޓު
  • ލޮނުޒިޔާރަތްކޮޅު ސަރަހައްދު: މި ސަރަހައްދު ތަރައްގީކުރަން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ސަރުކަރުން ބުނޭ. ހަވީރު ފައިލް ފޮޓޯ

މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޝޮޕިން މޯލަކާއި ކުޅިވަރު ކުޅޭ ކޯޓުތަކެއް ތަރައްގީކުރަން ނިންމައިފި އެވެ.

ގެޒެޓްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ނިންމާފައި ވަނީ އެ ސަރަހައްދުގައި ޝޮޕިން މޯލަކާއި ކުޅިވަރު ކުޅޭ ކޯޓުތަކެއްގެ އިތުރުން ކުޑަކުދިން ކުޅޭނެ ސަރަހައްދުތަކާއި ހިޔާ ލިބޭ ގޮތަށް ފެހިކޮށްފައިވާ ސަރަހައްދުތައް ކަނޑައަޅައި އަދި ކަސްރަތުކުރުމަށް ހާއްސަކުރެވިފައިވާ ޖޮގިން ޓްރެކްތަކެއް އަޅާ ގޮތަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޝޮޕިން މޯލަކާއެކު ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކުރާނީ ކުއްޔަށްދީގެންތޯ ނުވަތަ ޖޮއިންޓްވެންޗާ އުސޫލުން ކަމެއް ކަނޑައަޅާފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަން އާއްމުކޮށް ހުޅުވާލާއިރު ހުރިހާ ކަމެއް ހިމަނާނަން. އޭގެ ތެރޭގައި އޮންނާނެ ތަން ތަރައްގީކުރަން ރާވާފައިވާ ގޮތާއި ބިމުގެ ސަރަހައްދު ވެސް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދު ވެސް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ވެސް ގްރީން އޭރިއާއަކާއި ކުޑަކުދިންނަށް ކުޅިވަރު ކުޅޭނެ ސަރަހައްދަކާއި ސްޓޭޖް އޭރިއާއަކާއި ފުޑްކޯޓު އޭރިއާ ވެސް ހިމެނޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ގެޒެޓްގައި ވަނީ ސަލްޓަންޕާކު ވަގުތީ ގޮތުން ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait