ޗައިނާގެ ޗެންގްޑޫގައި ހަތް ދުވަހު ތިބެވޭ، 8،999ރ. ގެ ޕެކޭޖެއް ދިވެހި ކުންފުންޏެއް ކަމަށްވާ ޓްރެވަލް ބިއުރޯއިން ވިއްކަން ފަށައިފި އެވެ.
ސެޕްޓެމްބަރު 28 ވަނަ ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ މި ޕެކޭޖާ ބެހޭ ގޮތުން ޓްރެވަލް ބިއުރޯ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ސީޗުއާން ޕްރޮވިންސުގެ ވެރިރަށް ޗެންގްޑޫއަށް ބާއްވާ މި ފްލައިޓް ހާއްސަކޮށްފައި ވަނީ ވިޔަފާރިވެރިންނާއި އެ ޕްރޮވިންސް ބަލާލަން ދާ މީހުންނަށް ކަމަށެވެ.
"މި ފްލައިޓް މި ބާއްވަނީ ރާއްޖެއަށް ދަތުރުކުރާ ޗައިނާގެ އެއާލައިނެއް ކަމަށްވާ އީސްޓަން އެއާލައިންގެ ފްލައިޓުން،" އޮފިޝަލް ވިދާޅުވި އެވެ.
ކުރިން ވެންޑާ މޯލްޑިވްސްގެ ނަމުގައި ހިންގަމުން ގެންދިޔަ ކުންފުނީގެ އޮފިޝަލް ވިދާޅުވީ މިއަހަރުގެ ދަތުރުގައި، ޗެންގްޑޫ ބަލާލަން ބާއްވާ ޓުއާ ނޯންނާނެ ކަމަށެވެ.
"ކުރީ އަހަރު ބޭއްވި މި ދަތުރުގައި ބައިވެރިވި މީހުންވެސް ޗެންގްޑޫ ބަލާލަން އެ ކުރާ ޓުއާގެ ބޭނުމެއް ނުހިފާ. އެހެންވެ މިއަހަރުގެ ޕެކޭޖުގައި ޓުއާގެ ބައި ނުހިމެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޗެންގްޑޫ އަށް 8،999ރ. ވިއްކާ މި ޕެކޭޖުގައި ހަތް ދުވަހުގެ ހުރުމާއި ދަތުރުކުރާ ފަރާތްތަކަށް ދެކޮޅު ޓިކެޓުގެ އިތުރުން ކޮންމެ ދުވަހެއްގެ ހެނދުނުގެ ސަޔާ އެކު ޓްރާންސްޕޯޓާއި އެކޮމޮޑޭޝަން ވެސް ލިބެ އެވެ.
ޓްރެވަލް ބިއުރޯގެ އޮފިޝަލް ވިދާޅުވީ މި ޕެކޭޖުގައި ހެނދުނުގެ ސައި އެކަނި ހިމަނާފައިވަނީ މި ޕެކޭޖުގެ ދަށުން ދަތުރުކުރާ ފަރާތްތަކުން ޗައިނާއަށް ތަފާތު ބޭނުންތަކުގައި ދާތީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 8،999ރ. އަށް ވިއްކާ މި ޕެކޭޖުގައި ޖީއެސްޓީ ނުހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން ބެލިން މިފަދަ ޕެކޭޖުތައް އެހެން ތަންނާގައި ވެސް ވިއްކާ ގޮތް. ބެލިއިރު އެނގުނީ އެތަންތަނުން ވެސް ޖީއެސްޓީ މިފަދަ ޕެކޭޖުތަކުގައި ނުނަގާނަން. އެހެންވެ މި ޕެކޭޖުގައި ވެސް ޖީއެސްޓީއެއް ނުހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގެ ޗެންގްޑޫ އަށް 8،999ރ.ގެ ޕެކޭޖެއް ވިއްކާ އިރު، ޗައިނާ ދެކޮޅު ޓިކެޓު ރާއްޖޭގައި އާއްމު ގޮތެއްގައި ލިބެނީ ގާތްގަނޑަކަށް 700- 800 ޑޮލަރަށެވެ.
ޓްރެވަލް ބިއުރޯއިން ޕެކޭޖު ވިއްކަން ފަށާފައިވާ ޗެންގްޑޫއަކީ ޗައިނާގެ އެންމެ ޒަމާންވީ އަދި އެންމެ ރީތި އެއް ސިޓީ އެވެ. އަދި މި ތަނަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ސިޓީ އެކެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
2 comments