ވިޔަފާރި

ފެލިވަރުގެ މާލޭ ފިހާރައިން ވިއްކާނީ ހަމައެކަނި ރީޓެއިލްކޮށް

އަހުމަދު ރިޝާން
02 އޯގަސްޓް 2012 11:23 3 ކޮމެންޓު
  • ފެލިވަރު ދަޅުމަސްތަކެއް: ފެލިވަރުގެ އުފެއްދުންތައް ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި. -- ހަވީރު ފައިލް ފޮޓޯ

ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ އުފެއްދުންތައް ހަމަ އެކަނި ރީޓެއިލްކޮށް ވިއްކާ ފިހާރައެއް މާލޭގައި އިއްޔެ ހުޅުވައިފި އެވެ.

މިފްކޯ މަސްމާރުކޭޓްކައިރީ ހުންނަ މިފިހާރަ ހުޅުވައިދިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އައްސަދު އަބްދުލް ޣަނީ އެވެ.

މިފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެލިވަރުގެ ޗެއާމަން މުހައްމަދު އިމްތިއާޒް (އިންތި) ވިދާޅުވީ މި ފިހާރައިގެ ސަބަބުން ފެލިވަރުގެ އުފެއްދުންތައް ފަސޭހައިން އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

"މި ފިހާރައިގެ ސަބަބުން ފެލިވަރު އުފެއްދުންތައް ރައްޔިތުންނަށް ވަރަށް ފަސޭހައިން ލިބިގެންދާނެ. އަދި ހާއްސަކޮށް ރޯދަ މަހު މަހުގެ ބާވަތްތައް ފަސޭހައިން މިފިހާރައިން ލިބޭނެ،" އިންތި ވިދާޅުވި އެވެ.

މި ފިހާރައިން ތެޔޮ މަސްކޭހެއް ވިއްކަނީ 821ރ. އަށެވެ. އަދި ވަކިން ދަޅެއް 17.10ރ. އަށް ލިބެން ހުރިއިރު މަސްދަޅުގެ ތަފާތު ވައްތަރުތައް ލިބެން އެބަހުއްޓެވެ.

ފެލިވަރު ފިހާރައިގައި ތަފާތު ދިވެހި އުފެއްދުންތަށް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރުނބާ ދަޅާއި ރުކުރާ ދަޅުގެ ވެސް ހުރެ އެވެ. އަދި ރާއްޖޭގައި ތައްޔާރުކޮށްފައިވާ، މަސާޖްކުރުމަށް ބޭނުންކުރާ ތަފާތު ވައްތަރުގެ ތެލާއި މަހުގެ ބާވަތްތަކާއި ތައްޔާރީ ރޮށި ވެސް އެތަނުން ވިއްކަން ހުރެ އެވެ.

ފެލިވަރުގެ ފިހާރަ ހުންނަ އެފްއޭއެމް ހައުސްގައި ކޫއްޑޫ ފިޝަރީޒް ފިހާރައެއް ހުންނައިރު އެތަނުގެ ކައިރީގައި މިފްކޯގެ ފަސްމީރު އުފެއްދުންތައް ވިއްކާ ފިހާރަ ވެސް ހުރެ އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait