ވިޔަފާރި ޕްރޮމޯޝަންތައް

ޖައުސާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކޮށްފި

މުހައްމަދު އަފްރާހު
08 އޯގަސްޓް 2012 12:45
  • ޖައުޝާގެ ޓީވީ ލިބުނު އާތިފު: މިއީ ކޮންމެ ހަފުތާއަކު ޓީވީއެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް. --ފޮޓޯ/ ޖައުޝާ

ޖައުސާ ސެރެމިކް ސިޓީ ފިހާރަ އިން ކޮންމެ ހަފުތާއަކު ޓީވީއެއް ދޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ވޭތުވެދިޔަ ހަފުތާގެ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކޮށްފި އެވެ.

ޖައުސާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުން ބުނީ ޖުލައި މަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް ދެނީ 32 އިންޗީގެ ތުރީޑީ ޓީވީއެއް ކަމަށެވެ. މި ޕްރޮމޯޝަންގެ މިދިޔަ ހަފުތާގެ އިނާމު ލިބިފައިވަނީ ކުޑަ ކުއްޖެއް ކަމަށްވާ އަހުމަދު އާތިފް އަބޫބަކުރަށެވެ.

ޖައުސާގެ މެނޭޖަރު ހިއުމަން ރިސޯސް އެންޑް އެޑްމިން މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮމޯޝަންގައި 500ރ. އިން މަތީގެ ވިޔަފާރިއެއް ކޮށްގެންނާއި، މާލޭ ޕިކަޕް ދިރުމުން ދަތުރުކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށެވެ.

"މި ޕްރޮމޯޝަންގައި ލިބޭ ޓީވީގެ އިތުރުން އިތުރު ސަޕްރައިޒް އިނާމު ތަކެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައި،" ޒިޔާދު ވިދާޅުވިއެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި