ފުވައްމުލަކު ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވައިދު މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށްފައި ވާއިރު ބަނދަރު ބެލެހެއްޓުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ކަނޑައަޅައިފި އެވެ.
ފުވައްމުލަކު ބަނދަރާ ބެހޭ، 30 މާއްދާގެ މައްޗަށް އެކުލެވޭ ގަވައިދުގައި ބުނެފައި ވަނީ ބަނދަރާއި ބަނދަރާ ގުޅިފައިވާ ސަރަހައްދު ބަލަހައްޓަމުން ގެންދާނީ ފުވައްމުލަކު އަތޮޅު ކައުންސިލުން ކަމަށެވެ. އަދި ބަނދަރާއި ބަނދަރާ ގުޅިފައވާ ސަރަހައްދު ކަނޑައަޅައި ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅު ކައުންސިލުން އިއުލާން ކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
އެ ގަވައިދުގެ ދަށުން 1- 69 ފޫޓާ ދެމެދު އުޅަނދު ފަހަރުން މުދާ އަރުވާ ބޭލުމަށް އަގު ނުނަގައި 48 ގަޑި އިރުގެ މުއްދަތެއް ދެވޭނެ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އިތުރުވާ ކޮންމެ ގަޑިއަކަށް 8.50ރ. ރޭޓުން ފައިސާ ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން މުދާ އަރުވައި ބޭލުމަށް 70- 119 ފޫޓުގެ އުޅަނދު ފަހަރަށް ފީ ނުނަގާ ގޮތަށް 72 ގަޑި އިރުގެ މުހުލަތެއް ދެވޭނެ އެވެ. އެހެން ނަމަވެސް މި ސައިޒުގެ އުޅަނދުތަކުގެ ތެރެއިން 100 ފޫޓް ހަމަނުވާ އުޅަނދުފަހަރުން އިތުރުވާ ކޮންމެ ގަޑިއަކަށް 12.50ރ. ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން 120 ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އަރުވައި ބޭލުމަށް ފީއެއް ނުނަގާ ގޮތަށް 48 ގަޑި އިރު ދެވޭނެ އެވެ. ނަމަވެސް ވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާ ނުލެވޭނެ ނަމަ އެ އުޅަނދެއް ބަނދަރުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 16.50ރ. ނެގޭނެ ކަމަށް ބަނދަރާ ބެހޭ ގަވައިދުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފުވައްމުލަކަށް ބަނދަރުކުރާ ޓޫރިސްޓް އުޅަނދުފަހަރުން އެ ރަށުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

އެމްޑީޕީ ހއ. އަތޮޅު ކެމްޕެއިން
0 comment