އޭސް ހާޑްވެއާ

އޭސް ހާޑްވެއާ އާއި ކަލަ ބޭންކްގެ ރަމަޒާން ލަކީޑްރޯގެ ނަސީބުވެރިން ހޮވައިފި

މުހައްމަދު އަފްރާހު
06 ސެޕްޓެމްބަރ 2012 18:39
  • ކަލަ ބޭންކުގެ އިނާމު ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ: މި ޕްރޮމޯޝަންގައި ގިނަ އިނާމުތަކެއް ދީފައިވޭ.--ފޮޓޯ/ އޭސް ހާޑްވެއާ

  • ކަލަ ބޭންކުގެ އިނާމު ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ: މި ޕްރޮމޯޝަންގައި ގިނަ އިނާމުތަކެއް ދީފައިވޭ.--ފޮޓޯ/ އޭސް ހާޑްވެއާ

ރާއްޖޭގައި ހުޅުވާފައިވާ އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރާއި ކަލަ ބޭންކުގައި ނިމިގެން ދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ރަމަޒާން ޕްރޮމޯޝަން 2102" ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އޭސް ހާޑްވެއާއިންނާއި ކަލަ ބޭންކުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ އުމްރާ ދަތުރު ލިބިފައިވަނީ ލ. ގަން ދަބުރުއްދޮށުގޭ ހުސެއިން ރިޒާ އަށެވެ. ދެ ވަނަ އަށް ހުށަހަޅާފައިވާ ހޮންޑާ ސައިކަލް ލިބުނީ އއ. ވަށަފަރު ނަރުގިސްވިލާ އައިޝަތު އަނުމް އިބްރާހީމަށެވެ.

އެއް މެނޭޖްމަންޓަކުން ހިންގާ އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ އެއްވަނަ އިނާމަށް ހުށަހެޅި އުމްރާ ދަތުރު ލިބުނު ރިޒާ ބުނީ އެ އިނާމު ލިބުނީ އޭނަގެ ކޮއްކޮއާ އެކު ގޮސް ގަތް އެއްޗިއްސަށް ކަމަށެވެ.

"އަޅުގަނޑަށް ސީދާ ނޭނގެ ގަނެވުނީ ކިތައް އެތިކަމެއް. ނަމަވެސް ގިނަ އަދަދެއްގެ އެއްޗިހި ގަނެވުނު،" ރިޒާ ބުންޏެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ މި އިނާމުތަކުގެ އިތުރުން ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވާ 1،000ރ. ގެ އިނާމު 10 ފަރާތަކަށް ދީފައިވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި