ދިރާގު

ބިލްތަކަށް ވެބްސައިޓުން މިހާރު ވަގުތުން ފައިސާ ދެއްކޭނެ: ދިރާގު

އަހުމަދު ރިޝާން
07 ސެޕްޓެމްބަރ 2012 19:44 7 ކޮމެންޓު
  • ދިރާގުގެ އާ ވެބްސައިޓުގައި އޮންލައިންކޮށް ދޭ ހިދުމަތްތައް ހިމެނޭ ބައިގެ ސްކްރީން ޝޮޓެއް

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުގެ އާ ވެބްސައިޓު މެދުވެރިކޮށް، އެކުންފުނީގެ ބިލުތަކަށް މިހާރު އޮންލައިކޮށް ވަގުތުން ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މިދިޔަ މަހު ފަހުކޮޅު ތައާރަފު ކުރި ވެބްސައިޓް ފަރުމާކޮށްފައި ވަނީ ދިރާގުން ދޭ ގިނަ ހިދުމަތްތައް ލިބިގަނެވޭ ގޮތަށެވެ.

"އޮންލައިންކޮށް ބިލު ދެއްކުމޭ ބުނީމަ ބައެއް ފަރާތްތަކަށް ހީވެދާނެ މިއީ އިންޓަނެޓް ބޭންކިން ގޮތަށް ބިލު ދެއްކުމޭ. އިންޓަނެޓް ބޭންކިންނާ ހިލާފަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ބިލު ދެއްކުމުން ވަގުތުން އެފައިސާ ދެއްކިގެންދާނެ،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އަމިއްލަ ޕްރޮފައިލް ހެދޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ވެބްސައިޓުން ބިލަށް ފައިސާ ދައްކައިފި ނަމަ އީމެއިލް މެދުވެރިކޮށް އެކަން ކަސްޓަމަރަށް އެނގޭނެ އެވެ. ވެބްސައިޓް މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޯލްޑް ކާޑާއި އެމެކްސް ގްރީން ކާޑުގެ އިތުރަށް ވިސާ ޑެބިޓްކާޑު ވެސް ބޭނުންކުރެވޭނެ އެވެ. އަދި ބައިނަލްއަގްވާމީ އެހެން ބޭންކްތަކުގެ ވިސާ ކާޑާއި އެމެރިކަން އެކްސްޕްރެސް ކާޑުން ވެސް ދިރާގުގެ ބިލްތަކަށް ވެބްސައިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

ދިރާގުން ބުނީ ކުރިއަށް އޮތްތާ އިތުރު އާ ހިދުމަތްތައް ވެބްސައިޓް މެދުވެރިކޮށް ހޯދޭނެ ގޮތްތައް ހަދާނެ ކަމަށެވެ. އަދި ދިވެހި ބަހުން ހިދުމަތް ހޯދޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait