ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް ރޭ އެއް ގަޑިއިރަށް މެދުކެނޑިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކާޑުގެ ހިދުމަތް މެދުކެނޑުނީ ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހުރިހާ އޭޓީއެމްތަކާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑުނީ ރޭ 45: 10 ން ފެށިގެން 00: 12 އާ ދެމެދު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އެމައްސަލައާ ގުޅިގެން ހިދުމަތް މެދުކެނޑުމަށް ފަހު މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފައި. އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދެން،" އޭނާ ވިދާޅުވި އެވެ.
ބޭންކްގެ އޮފިޝަލް ވިދާޅުވީ ކުއްލިއަކަށް ދިމާވި މައްސަލައާ ގުޅިގެން ހިދުމަތް މެދުކެނޑިފައިވާ ކަމުގެ ނޯޓިސް އޭޓީއެމްތަކުގައި ތަތްކުރި ކަމަށެވެ.
ބޭންކުގެ ކާޑު ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ވަރަށް ގިނަ ތަންތަނުގެ ވިޔަފާރި ރޭ އެގަޑީގައި ހުއްޓުމަކަށް އަ އެވެ.

4 comments