މާލޭގެ އިންފްލޭޝަން ރޭޓް މެއި މަހަށް ވުރެ ޖޫން މަހު 4.07 ޕަސެންޓް ބޮޑުވެއްޖެ އެވެ.
މިދިޔަ މަހު މާލޭގެ އިންފްލޭޝަން ރޭޓް 14.66 ޕަސެންޓްގައި ހުރި އިރު މެއި މަހުގެ އިންފްލޭޝަން ރޭޓަކީ 14.69 ޕަސެންޓެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން މި އަހަރުގެ ޖޫން މަހާ ހަމަ އަށް މަހުގެ ބައި ނުހިމަނާ އިންފްލޭޝަން ރޭޓް ހުރީ 12.55 ޕަސެންޓުގަ އެވެ. އަހަރުން އަހަރަށް ބަލާއިރު މިއީ 1.25 ޕަސެންޓްގެ އިތުރުވުމެކެވެ.
އާންމު ގޮތެއްގައި މިދިޔަ މަހު އަގު ބޮޑުވެފައި ވަނީ މަހާއި ދުންފަތާއި ކެފޭ އަދި ރެސްޓޯރެންޓްގެ ހިދުމަތްތަކުގެ އިތުރުން ފައިވާނާއި އަންނައުނުގެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 15.05 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ މެއި މަހުން މި އަހަރުގެ މެއި މަހާ ހަމައަށް އިންފްލޭޝް ރޭޓް ހުރީ 14.69 ޕަސެންޓްގަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment