ޚަބަރު

ވޭތުވެދިޔަ ތިން އަހަރު ގެ ތެރޭގައި ސަރުކާރަށް ބޭރުގެއެހީ ލިބުނު މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

ހަވީރު ޑެއިލީ، 25 އޯގަސްޓް 2002

އާދަމް ހަލީމް

ބޭރުގެ ހިލޭ އެހީ ގޮތުގައި މިއަހަރު ރާއްޖެއަށް ލިބުނުފައިސާގެ އަދަދު ދަށް ވެފައިވާ ކަމަށް މިނިސްޓްރީ އޮފްޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން މިއަދުހާމަ ކުރައްްވައިފި އެވެ.ޕަބްލިކް ސެކްޓާ އިންވެސްޓް މަންޓް ޕްރޮގްރާމް(ޕީއެސް އައިޕީ) އާ ބެހޭ މައުލޫމާތު ހާމަ ކުރެއްވުމަށްބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީންހާމަ ކުރެއްވީ ހިލޭ އެހީގެ ގޮތުގައި 2001 ވަނައަހަރު 162.09 މިލިއަން ރުފިޔާ ލިބިފައި ވާއިރުމިއަހަރު ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ 74.47 މިލިއަން ރުފިޔާ އަށް ދަށް ވެފައި ވާކަމަށެވެ.ދެހާސް ވަނަ އަހަރު ހިލޭ އެހީ ގޮތުގައި ރާއްޖެއަށްލިބިފައިވަނީ 153.49މިލިއަން ރުފިޔާ އެވެ.ޕްލޭނިން މިނިސްޓަރު އިބްރާހިމް ހުސެން ޒަކީ ވިދާޅުވީދުނިޔެއަށް ބޮޑެތި ބަދަލުތައް އައިސް އާ ކަންތައްތަކާކުރިމަތިލާއިރު، އާ ގައުމުތައް އުފެދުމުންދާ ކަމަށާއިދިވެހިރާއްޖެއެކޭ އެއްފަދައިން އެފަދަ އެހެން ގައުމުތައްވެސް ހިލޭ އެހީއަށް ބޭނުން ވެގެން ދައުވާ ކުރާކަމަށެވެ."އެހެންވީމާ މި މަންޒަރު އެހެން ގައުމުތައް ދިރާސާކުރެއްވިޔަސް ފެންނާނެ،" ޒަކީ ވިދާޅުވި އެވެ.