ޓޫރިޒަމް

ވޯލްޑް ޓްރެވަލް އެވޯޑު އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ

އަބްދުﷲ ޖަމީލު
28 ޖޫން 2012 08:52 1 ކޮމެންޓު
  • ރާއްޖެއައި ޓޫރިސްޓުންތަކެއް އެއާޕޯޓުން ލޯންޗަކަށް އަރަނީ: ރާއްޖެއަށް ޓޫރިޒަމް ތައާރަފްވިތާ 40 އަހަރު ފުރުން ފާހަގަކުރަން ވަނީ ނިންމާފައި. ހަވީރު ފައިލް ފޮޓޯ

ވޯލްޑް ޓްރެވަލް އެވޯޑު އަންނަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު އަދީބު އަންގާރަ ދުވަހު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުމާ ދިމާކޮށް އަންނަ އަހަރު އެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމުން ޓޫރިޒަމް ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ފާހަގަކުރެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑު ޓޫރިޒަމް އިންޑަސްޓްރީން ސިފަކުރަނީ އެ ދާއިރާގެ "އޮސްކާ"ގެ ގޮތުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް 40 އަހަރު ފުރުން މިއަހަރު ފާހަގަކުރާއިރު އދ.ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާގެ ރީޖަނަލް މީޓިން މިއަހަރު ފަހުކޮޅު ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އަޅުގަނޑުމެން ގަސްދުކޮށްފައި ވަނީ އެއް އަހަރު ދުވަހަށް ދެމިގެންދާ ޕްރޮގްރާމެއް ހިންގަން. އޭގެ ތެރޭގައި ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ގޮތް ދައްކައިދޭ އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި. އަދި ކުރުނބާ މޯލްޑިވްސްއާ ގުޅިގެން ހަރަކާތްތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވޭ،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވަމުންދާ ކަމަށެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait