ވަތަނިއްޔާ މަސް ރޭސް

ވަތަނިއްޔާ މަސްރޭހުގައި ބައިވެރިކުރާ 16 ޓީމު ހޮވައިފި

އަހުމަދު ރިޝާން
14 ޖުލައި 2012 09:21
  • މިދިޔަ އަހަރު ވަތަނިއްޔާއިން ބޭއްވި މަސް ރޭހުގެ ތެރެއިން: މިއަހަރު މަސް ރޭސް ވެސް ރޯދަ މަހު އޮންނާނެ. --ހަވީރު ފައިލް ފޮޓޯ

ވަތަނިއްޔާއިން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާއްވަމުން އަންނަ، ފޯރިގަދަ މަސް ރޭހުގައި ބައިވެރިކުރާ 16 ޓީމު ހޮވައިފި އެވެ.

ވަތަނިއްޔާ އިން ބުނީ މަސްރޭހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން 30 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލި ކަމަށެވެ. ނަމަވެސް މަސް ރޭހުގެ ގަވައިދުގެ ދަށުން ފުރުސަތު ދީފައި ވަނީ 16 ޓީމަކަށެވެ.

މަސްރޭހުގައި މިއަހަރު ބައިވެރިކޮށްފައިވާ ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި "ސިޔާސީ ކެޔޮޅު" އާއި "ރަތްމަސް" ޓީމުގެ އިތުރުން ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި އެސްޓީއޯގެ ލޮޖިސްޓިކް ވެސް ބައިވެރިވެ އެވެ. އަދި މީގެ އިތުރަށް "ތޮއްޑޫ ސްޓާޓް" ޓީމާއި "ޓީމް މީޑިއާނެޓް" ވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިކޮށްފައިވެ އެވެ.

ސަގާފީ ގިނަ ހަރަކާތްތަކާއި މުނި ފޫހިފިލުވުމުގެ ގިނަ ކުޅިވަރުތައް ފެނިގެންދާ މަސް ރޭހުގެ ފޯރި މި އަހަރު އެހެން އަހަރުތަކަށް ވުރެ ގަދަވާނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ.

ވަތަނިއްޔާއިން ބުނީ މިއަހަރުގެ މަސް ރޭސް ކާމިޔާބުކުރާ ޓީމަކަށް ބައި ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަދި ކޮންމެ ހަފުތާއަކު އެއް ވަނައަށް ދާ ޓީމަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައި ވާއިރު، އެންމެ ގިނަ މަސް ބާނާ ފަރާތަކަށް 5،000ރ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް ވެސް 5،000ރ. ދިނުމަށް ހަމަޖެހިފައިވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި