ކުށްކުރުން

ކުއްޖަކަށް ފޯނުން ބަރަހަނާ ވީޑިއޯ ދެއްކި ބިދޭސީއަކު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ނިއުމަތުﷲ އިދުރީސް
09 މެއި 2013 23:32 8 ކޮމެންޓު
 • ކްރިމިނަލް ކޯޓު

ކުޑަކުއްޖަކަށް ފޯނުން ބަރަހަނާ ވީޑިއޯ ދައްކައިގެން އެ ކުއްޖާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ބިދޭސީއެއްގެ މައްޗަށް، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަންވަރު ނަމަކަށް ކިޔާ ބަންގްލާދޭޝް މީހެއްގެ މަައްޗަށް މި ހުކުމް ކޮށްފައި ވަނީ ކުއްޖަކަށް ފޯނުން ބަރަހަނާ މަންޒަރު ދައްކައިގެން އެ ކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުމުގެ ކަމުގެ ތުހުމަތުގައި މެއި 12، 2011 ގައި ހައްޔަރުކޮށް އޭނާގެ ފޯނުގެ ޑިޖިޓަލް އެނަލިސިސް ހެދިއިރު އެ ފޯނުން ބަރަހަނާ ވީޑިއޯ ފެނިފައި ވާތީ އެވެ. އެ ފޯނުން ފެނުނު ބަރަހަނާ ވީޑިއޯ އަކީ އިންޓަނެޓުން ނަގާފައިވާ އެއްޗެއްކަން ޑިޖިޓަލް އެނަލިސިސް ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ވީޑިއޯ ފެނުނު ފޯނަކީ ބާބުލް ކިޔާ މީހަކު ވިއްކި ފޯނެއް ކަމަށާއި ފޯނު ގަތް އިރު ވެސް އެ ވީޑިއޯ ހުރި ކަމަށް އަންވަރު ބުނި ނަމަވެސް އޭނާ އަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

މީނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ދިވެހިރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait