ދިރާގު

ދިރާގުން ފުރަތަމަ ފަހަރަށް އެޗް ޕްލަސްގެ ހިދުމަތް ތައާރަފްކޮށްފި

އަބްދުﷲ ޖަމީލު
24 އެޕްރީލް 2013 18:25 25 ކޮމެންޓު
 • ދިރާގުން އެޗް ޕްލަސް ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސް

 • ދިރާގުން އެޗް ޕްލަސް ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސް

 • ދިރާގުން އެޗް ޕްލަސް ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސް

މޮބައިލް އިންޓަނެޓްގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން، ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެޗް ޕްލަސްގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނިން މިއަދު ތައާރަފްކުރި އެޗް ޕްލަސް އަކީ ތްރީޖީ އަށް ވުރެ މޮބައިލް އިންޓަނެޓް ސްޕީޑް އަވަސް ހިދުމަތެކެވެ. އަދި އެޗް ޕްލަސްގެ ހިދުމަތަކީ 21 އެމްބީޕީއެސްއާ ހަމަޔަށް ޑައުންޑްލޯޑް އަދި އަޕްލޯޑް ފަސް އެމްބީޕީއެސް ސްޕީޑް ލިބޭ ގޮތަށް ޑިޒައިންކޮށްފައިވާ ނެޓްވޯކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެޗް ޕްލަސް ހިދުމަތް އެންމެ ފުރިހަމަ އަށް ލިބޭނީ އައިފޯން5 އަށާއި ސެމްސަންގް ގެލެކްސް އެސް2، .3 އަދި ސެމްސަންގް ގެލެކްސީ ނޯޓު1، 2 ފަދަ ފޯނުތަކަށް ލިބޭނެ ކަމަށެވެ.

މިއަދު ހަވީރު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑައިރެކްޓަ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ އެޗް ޕްލަސް ތައާރަފްކުރުމަކީ ފޯޖީ ހިދުމަތް ފެށުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ މިވަގުތު ރާއްޖޭގައި ދެވޭ އެންމެ ސްޕީޑް އަވަސް މޮބައިލް އިންޓަނެޓް ހިދުމަތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެޗް ޕްލަސް ތައާރަފްކުރުމުން ޑޭޓާ ބޭނުންކުރައްވާ ފަރާތްތަކަށް ކުރިއަށްވުރެ މާ ހަލުއި ސްޕީޑެއްގައި އިތުރު ފުރިހަމަކަމާއެކު ބޭނުންކުރެވޭނެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް އޭގެ ބޭނުން ހިފޭ ގޮތަށް ތައާރަފްކުރަން،" އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެޗް ޕްލަސްއަކީ ކުރިޔަށް ވިސްނާފައިވާ ފޯޖީ އަށް ދިއުމަށް އަޅާ ކުރު ފިޔަވަޅެއް ކަމަށާއި އެގޮތުން ފޯޖީ ތައާރަފްކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދި އަވަހަށް އަޅުގަނޑު ފޯޖީ ވެސް ޓެސްޓްކުރަން ފަށާނަން. އެޗް ޕްލަސްގެ ނެޓްވޯކު ބޭނުންކުރާއިރު އެ މީހަކު ބޭނުންކުރާ (ޑިވައިސް) ފޯނަކީ އެޗް ޕްލަސް ސަޕޯޓްކުރާ ފޯނަކަށްވާން ޖެހޭނެ. ސަޕޯޓްކުރާ ޑިވައިސްތަކަށް އެންމެ ފުރިހަމައަށް އެޗް ޕްލަސް ލިބޭނީ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު އެޗް ޕްލަސް ހިދުމަތް ލިބޭނީ ހަމައެކަނި މާލެ ކައިރި ސަރަހައްދުތަކަށް ކަމަށެވެ. އެގޮތުން މާލެ، ހުޅުލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދަށް އެ ހިދުމަތް ލިބޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެ ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ވިދާޅުވީ މޮބައިލް ޑޭޓާ ނެޓްވޯކަށް އައި ކުރިއެރުމާ ގުޅިގެން ކަސްޓަމަރުންނަށް "ސުޕީރިއާ ފާފޯމަންސެއް" ތަޖުރިބާ ކުރެވޭނެ ކަމަށެވެ.

"ރާއްޖޭގައި ވެސް ފޯޖީ ސަޕޯޓްކުރާ ހޭންޑް ސެޓްތައް އެހާ އާއްމުވެފައެއް ނެތް. ދާދިފަހުން ފޯޖީ ސަޕޯޓްކުރާ އައިފޯން5 އައީ ވެސް. އަޅުގަނޑުމެން ފޯޖީ ތައާރަފްކުރާއިރު އެ ޑިވައިސްތައް ވެސް އިތުރުވާނެ ކަމަށް ބެލެވޭ. މި ތައާރަފްކުރި ހިދުމަތުގެ ފައިދާ ވަރަށް ގިނަ ކަސްޓަމަރުންނަށް ކުރާނެ. މިހާރު އެޗް ޕްލަސްގެ ޑިވައިސް މާކެޓްގައި އެންމެ ގިނައީ،" އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ތްރީޖީ ހިދުމަތް ރާއްޖޭގެ އާބާދީގެ 82 ޕަސެންޓަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

25 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait