ޓެކްނޮލޮޖީ

ޑްރޮޕްބޮކްސް ކްލައުޑް ސްޓޯރޭޖުން 5 ޖީބީ މުޅިން ހިލޭ

އަހުމަދު ނިޔާޒް
05 ފެބުރުއަރީ 2012 09:29 6 ކޮމެންޓު

ބޭނުންކުރާ މީހުން ޝައުގުވެރިކުރުވައި އިތުރުކުރުމަށްޓަކައި ޑްރޮޕްބޮކްސް އިން 5 ޖީބީ ހިލޭ ސްޓޯރޭޖް ދިނުމަށް ސްކީމެއް ހުޅުވާލައިފި އެވެ. ޑްރޮޕްބޮކްސް އިން ބުނި ގޮތުގައި 5 ޖީބީ އެންމެ ފަސޭހަކަމާ އެކު ކަށަވަރުކުރެވޭނީ އެ މީހުންގެ އުފެއްދުންތަކުގެ އަޖުމަބަލާ މީހުންނަށެވެ.

ޑްރޮޕްބޮކްސް އިން އަލަށް ހުޅުވާލި ސްކީމްގެ ދަށުން އަޕްލޯޑްކުރާ ކޮންމެ 500އެމްބީ ކޮންޓެންޓްސް އަށް 500އެމްބީ ހިލޭ ލިބޭނެ އެވެ. އެގޮތުން 5 ޖީބީ އާ ހަމަ އަށް ޖާގަ އިތުރުކުރެވޭނެ އެވެ.

ޑްރޮޕްބޮކްސް ތަޖުރިބާކުރުމުގެ ގޮތުން ހިލޭ ލިބޭ ކޮންމެ އެކައުންޓަކަށް 2ޖީބީ ސްޓޯރޭޖެއް ލިބެ އެވެ. އެ އަށް ވުރެ އިތުރު ޖާގަ ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޑްރޮޕްބޮސް އިން ވަނީ ސްކީމެއް ހުޅުވާލާފަ އެވެ. އެހެންކަމުން ޑްރޮޕްބޮކްސް ސޮފްޓްވެއާ ޑައުންލޯޑްކޮށް ބޭނުންކުރަން ފެށުމާ އެކު ސްޓޯރޭޖް އިތުރުވާން ފަށަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait