މީގެ 10 ވަރަކަށް ދުވަސް ކުރިން ރިލީޒްކުރި ޖޯން އެބްރަހަމް އާއި އަޔުޝްމާން ކުރާނާގެ "ވިކީ ޑޯނާ" ކާމިޔާބު ކަމާއެކު ހިނގަމުންދަނިކޮށް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ތޭޒް" ފްލޮޕްވާނެކަން ޔަގީން ވެއްޖެެ އެވެ. "ތޭޒް"ގެ ފުރަތަމަ ދުވަހުގެ ޝޯތަކުން ފުރިފައިވަނީ 35- 30 ޕަސެންޓެވެ. ފިލްމާ ބެހޭ ގޮތުން ހުރި ގިނަ ރިވިއުތައް ވެސް ހުރީ ވަރަށް ނެގެޓިވްކޮށް ކަމަށްވާތީ ފިލްމު ފްލޮޕްވާނެ ކަމަށް ބެލެވެ އެވެ.
"ވިކީ ޑޯނާ" އަށް ފުރަތަމަ ހަފުތާގައި ލިބިފައިވަނީ 13.50 ކްރޯޑެވެ. މިއީ ވަރަށް ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވެފައި މިހާރު ލަފާ ކުރެވޭ ގޮތުން 30 ކްރޯޑު ލިބޭނެކަމަށް ބެލެވޭތީ މި ފިލްމު ސުޕަހިޓް ވާނެ ކަމަށް ބެލެވެ އެވެ.
"ވިކީ ޑޯނާ" އަކީ މިހާތަނަށް ހިންދީ ފިލްމެއް އުފައްދާފައި ނުވާ މުޅިން އާ ވައްތަރެއްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމަކަށް ވާތީ ގިނަ ބަޔަކު ފިލްމުކަމުދާ ކަމަށް ބުނެފައި ވެއެވެ.
ހުކުރު ދުވަހު ރިލީޒްކުރި ދެ ވަނަ ފިލްމު "ލައިފް ކީ ތޯ ލަގް ގައީ" ވެސް ބަލާނެ ބަޔަކު ނުވި އެވެ.

3 comments