ސަލްމާން ޚާންގެ އަގުތައް ދާދިފަހުން އޭނާ ވަނީ ބޮޑުކޮށްފަ އެވެ. މިހާރު ޕްރައިވެޓް ޕާޓީތަކަށާއި އިވެންޓްތަކަށް އޭނާ ގޮސްދެނީ 1.75 ކްރޯޑަށެވެ. އަދި މިފަދަ ހުށަހެޅުމެއް ވެސް އޭނާ ގަބޫލުކުރަނީ ޗާޓާޑް ފްލައިޓެއް ހަމަޖައްސަދޭން އެއްބަސްވާނަމަ އެވެ.
ދާދިފަހުން ޑުބާއީގައި އޮތް ދެ އިވެންޓަކަށް އެއް ކްރޯޑަށް ދާން ސަލްމާން ވަނީ އިންކާރުކޮށްފަ އެވެ. ސަލްމާން އަގުބޮޑުކުރުމުގެ ފަހަތުގައި ވަނީ އޭނާގެ ސެކްރެޓަރީ ރޭޝްމާ ޝެޓީ އެވެ.
ސަލްމާންގެ ގާތް މީހަކު ބުނި ގޮތުގައި ޕާޓީތަކާއި ކައިވެނީގެ ހަފުލާތަކަށް އަދި ވިޔަފާރީތައް ފެށުމުގެ އިވެންޓްތަކަށް ސަލްމާނަށް ލިބޭ ދައުވަތުތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެހެންކަމުން އޭނާ ކިޔާ ބޮޑު އަގު ދީފައި ވެސް ގެންދާނެ އެތައް ބަޔަކު ވާނެކަން ސަލްމާނަށް ޔަގީންވެ އެވެ. އަތުގައި 1.75 ކްރޯޑު ރުޕީސް އޮތިއްޔާ ނޫނީ ސަލްމާން އެއްވެސް އިވެންޓަކަށް ގެންދަން ހިތުލާނެ ވެސް ކަމެއް ނެތެވެ. އެ ވަރު ދޭން ލިބެންޏާ އުފަން ދުވަހުގެ ޕާޓީއަކަށް ނަމަވެސް އޭނާ އުފަލާއެކު ގޮސްދޭނެ އެވެ.

8 comments