ތިރީގައި މި ހިމަނާލަނީ އެންޝޯންޓާ މޯލްޑިވްސް ފިލްމު އެވޯޑްސްގެ މި އަހަރުގެ ވަނަތައް ހާސިލުކުރި ފަރާތްތަކުގެ ލިސްޓެވެ. މޯލްޑިވްސް ފިލްމު އެވޯޑްސް އަކީ އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން އިން މިދިޔަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. އެވޯޑް ރާވައި ހިންގަނީ ހައި-ރައިޒް މޯލްޑިވްސް އިންނެވެ.
މި ފަހަރުގެ އެވޯޑް ހަފުލާގައި އެވޯޑް ދީފައި ވަނީ މިދިޔަ އަހަރާއި 2010 ވަނަ އަހަރުގެ ފިލްމުތަކަށެވެ.
- އެންމެ މޮޅު ފިލްމު: ލޫދިފާ
- އެންމެ މޮޅު ޑައިރެކްޓަރު: ނިއުމާ މުހައްމަދު (ފިލްމު: ނިއުމާ)
- އެންމެ މޮޅު އެކްޓަރު: ކޮޕީ އިސްމާއިލް ރަޝީދު (ފިލްމު: ލޫދިފާ)
- އެންމެ މޮޅު އެކްޓްރެސް: ނިއުމާ މުހައްމަދު (ފިލްމު: ނިއުމާ)
- އެންމެ މޮޅު ސްކްރީންޕްލޭ: ސަޒާ (ރައިޓަރު: މަހުދީ އަހުމަދު)
- އެންމެ މޮޅު ސަޕޯޓިން އެކްޓަރު: އަލީ ސީޒަން (ފިލްމު: ދިން ވޭނުގެ ހިތާމާގައި)
- އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޝީލާ ނަޖީބު (ފިލްމު: ނިއުމާ)
- އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރު: އަހުމަދު އަޒްމީލް (ފިލްމު: ފަނާ)
- އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓްރެސް: ފާތިމަތު ނަޝްފާ (ފިލްމު: ލޫދިފާ)
- އެންމެ މޮޅު ޗައިލްޑް އާޓިސްޓް: އާމިނަތު ސަމިއްޔާ (ފިލްމު: ވީރާނާ)
- އެންމެ މޮޅު އެޑިޓިން: އަބްދުﷲ މުއާޒް (ފިލްމު: ނިއުމާ)
- ސިނެމެޓޯގްރެފީ: އިބްރާހިމް ވިޝާން (ފިލްމު: ޖިންނި)
- އާޓް ޑައިރެކްޝަން: މޫމިން ފުއާދު، އިސްމާއިލް ރަޝީދު، ހުސެން މުނައްވަރު (ފިލްމު: ލޫދިފާ)
- މޭކަޕް: މުހައްމަދު މަނިކް (ފިލްމު: ނިއުމާ)
- ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން (ފިލްމު: ދިން ވޭނުގެ ހިތާމާގައި)
- ކޮސްޓިއުމް ޑިޒައިން: އާމިނަތު ނަސީރާ (ފިލްމު: ލޫދިފާ)
- ކޮރިއޯގްރަފީ: އަބްދުލް ފައްތާހު (ފިލްމު: ޖިންނި)
- ސައުންޑް މިކްސިން: މުހައްމަދު އިކްރާމް (ފިލްމު: އިންސާފް)
- ސައުންޑް އެޑިޓިން: މުހައްމަދު އިކްރާމް (ފިލްމު: އިންސާފު)
- ލިރިކްސް: އަބްދުލް ހަންނާން މޫސާދީދީ (ލަވަ: ދިން ވޭނުގެ ހިތާމާގައި)
- އޮރިޖިނަލް ސޯންގް: ކަލާ ބީވުމުން (ފިލްމު: ދިން ވޭނުގެ ހިތާމާގައި)
- އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ހަސަން އިލްހާމް (ލަވަ: ކަލާ ބީވުމުން، ފިލްމު: ދިން ވޭނުގެ ހިތާމާގައި)
- އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝިފާ ތައުފީގް (ލަވަ: ލޯބީގަ ވީރާނާ ވީ، ފިލްމު: 14 ވިލޭރޭ)
- އޮރިޖިނަލް ސްކޯ: މުހައްމަދު އިކްރާމް (ފިލްމު: އިންސާފު)
ކުރު ފިލްމު ކެޓަގަރީ:
- އެންމެ މޮޅު ފިލްމު: ފަރިހިބެ 3
- އެންމެ މޮޅު ޑައިރެކްޓަރު: އަބްދުﷲ މުއާޒް (ފިލްމު: ސިޔާސީ ވެކްސިން)
- އެންމެ މޮޅު ބަތަލާ: އާމިރާ އިސްމާއިލް (ފިލްމު: ސިޔާސީ ވެކްސިން)
- އެންމެ މޮޅު ބަތަލް: ހުސެން މުނައްވަރު (ފިލްމު: ކުޑަފޫޅު)
- ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ފިލްމުގެ އެވޯޑް: ލޫދިފާ
- ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް: އާރިފާ އިބްރާހިމް

1 comment