ކާރެއް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ. ކާރުގައި ތިބި ދެ މީހުން ވެސް އޮތީ މަރުވެފަ އެވެ. ފިރިހެނަކާއި އަންހެނެކެވެ.
ފުލުހުން އެތަން ބަލައި ތަހުގީގުކުރަނީ އެވެ. ކަން ހިނގަން މެދުވެރިވި ސަބަބު އެނގޭތޯ އެވެ.
ޗަސްވެފައި އޮތް ކާރު ތެރެއިން ރާމާމަކުނެއް ނިކުތެވެ.
"ކަން ހިނގައި ދިޔަ ގޮތް ކިޔައިދޭން ކަލެ އަށް އެނގޭނެ ނަމައޭ ހިތަށް އަރާ،" ފުލުސް މީހާ ރާމާމަކުނަށް ބުންޏެވެ. "އޭރުން ހަމަގައިމު ވެސް ހަގީގަތް ސާފުވާނެ،"
"އަހަރެންނަށް ކިޔައިދެވިދާނެ،" މަކުނު ބުންޏެވެ.
"ކަލޭ ވާހަކަދައްކަންތަ؟"
"މީގެ ކުރިއަކުން ނުދެއްކޭ،" މަކުނު ޖަވާބު ދިނެވެ.
"އެކްސިޑެންޓްވީ އެ މީހުން ކޮން ކަމެއް ކުރަނިކޮށްތަ؟"
"ބައްދައި އޮޅުލަނިކޮށް،"
"އޮޅުލަނިކޮށޭ؟"
"ލައްބަ... ކަށަވަރު... ދެ މީހުން ސިނގިރޭޓް ވެސް ބުއި،" މަކުނު ކިޔައިދިނެވެ.
"އޮޅުލާ ބައްދަމުން؟"
"ލައްބަ... އަދި އައިޕޮޑް އަޅައިގެން ލަވަ ވެސް އަޑުއެހި،"
"އެ ހުރިހާ ކަމެއް ކަލެއަށް ފެނުނުއިރު ކަލޭ ކުރީ ކޮން ކަމެއްތަ؟" ފުލުސް އެހި އެވެ.
"ކާރު ދުއްވީ"
8 comments