"ހަމައެކަނި މީޑިޔާގެ ޕްރެޝަރެއް ނޫން އަންނަނީ. ނެދަލެންޑްސްގައި ތިބި 16 މިލިއަން ކޯޗުންގެ ވެސް ޕްރެޝަރު އާދޭ،"
- ނެދަލެންޑްސް ޓީމަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ޕްރެޝަރެއް ކުރިމަތިވާކަމަށް އިޝާރާތްކޮށް އެ ޓީމުގެ މިޑްފީލްޑަރު ވެސްލީ ސްނެއިޑާ.
"އަހަރެން އަބަދުވެސް ލޯ މަރާފައި ބަލަނީ ރީތީ ހުވަފެން،"
- ޔޫރޯގެ ސެމީ ފައިނަލުގައި މިރޭ ޖަރުމަން އަތުން މޮޅުވުމުގެ ހުވަފެން ދެކޭ ކަމަށް އިޝާރާތްކުރަމުން އިޓަލީ ކޯޗު ސެސާ ޕްރެންޑެލީ.
"އަހަރެމެން މޮޅުވީ ވަރަށް ހުތުރު މެޗަކުން،"
- ޔޫރޯގެ ސެމީ ފައިނަލުގައި ރޭ ޕޯޗުގަލް އަތުން ސްޕެއިން މޮޅުވި މެޗުގައި ރީތި ކުޅުމެއް ނުފެންނަކަމަށް އިޝާރާތްކުރަމުން ސްޕެއިން ފޯވާޑް އަލްވާރޯ ނެގްރެޑޯ.
"އަހަރެމެން މިހާރު ވެސް ތާރީހުން ޖާގަ ހޯދައިފިން. އިތުރު ތާރީހީ ކާމިޔާބީ ހޯދަން ބޭނުން،"
- ޔޫރޯގެ ޗެމްޕިއަންކަން ވިދިވިދިގެން ދެ ފަހަރު ހޯދަން ބޭނުންވާ މިންވަރު ހާމަކުރަމުން، މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާ ސްޕެއިނުގެ ކެޕްޓަން އިކާ ކަސިޔަސް.
"ސިޓީ ބަހާ މީހަކު ސިޓީއެއް ރައްދުކުރުމަށް ފަހު އުފާ ފާޅުނުކުރާނެ. އެއީ އޭނާގެ ވަޒީފާ. އަހަރެންގެ ވަޒީފާ އަކީ ލަނޑު ޖެހުން. އެހެންވެ އަހަރެން ވެސް އެކަން ކޮށްފައި އުފާފާޅުކުރަން ޖެހޭ ސަބަބެއް ނެތް،"
- ލަނޑު ޖެހުމަށް ފަހު އުފާފާޅުނުކުރާ ސަބަބާ ބެހޭގޮތުން އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ.
"ޖަރުމަން ބަލިކުރާނީ ކިހިނެއް؟ އަހަންނަށް ހީވަނީ ޖަރުމަނަށްހެން އިޓަލީ ބަލުކުރާނެ ގޮތެއް ހޯދަން ޖެހޭނީ. އެއީ އެ ޓީމަށް އަދި އެކަން ކުރެވިފައިނުވާތީ،"
- ވާދަވެރި މެޗެއްގައި އިޓަލީ އަތުން ޖަރުމަން މޮޅުނުވުމާ ބެހޭގޮތުން އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment