ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގެ 20،000 ވަނަ ލަނޑު ޖެހުމުގެ ޝަރަފް އެސްޓަން ވިލާގެ މިޑްފީލްޑަރު މާކް އޯލްބްރައިޓަން ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ޕްރިމިއާ ލީގުގެ ހަތް މެޗަށް ނުކުތް އިރު ވިހި ހާސް ވަނަ ލަނޑު ހަމަކުރަން ބޭނުންވެފައި އޮތީ 11 ލަނޑެވެ. އޯލްބްރައިޓަން މި މުހިންމު ލަނޑު ޖެހީ އާސެނަލްއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅެ 2- 1 އިން ވިލާ ބަލިވި މެޗުގެ ފަހު ހާފުގަ އެވެ. މިއީ އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ސީޒަނުގައި ޖެހި ދެ ވަނަ ލަނޑެވެ. ވިހި ހާސް ވަނަ ލަނޑު ޖެހުމާ ގުޅިގެން ޕްރިމިއާ ލީގުގެ ސްޕޮންސަރުންގެ ފަރާތުން އޯލްބްރައިޓަން އަށް ވަނީ 20،000 ޕައުންޑުގެ ޗެކެއް ލިބިފަ އެވެ. މި ފައިސާ ޖެހޭނީ އޭނާ ބޭނުން ޗެރިޓީއަކަށް ހަދިޔާ ކުރާށެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ ލަނޑު ޖެހީ 1992 ވަނަ އަހަރުގެ އޯގަސްޓް މަހު މެންޗެސްޓާ ޔުނައިޓެޑާ ޝެފީލްޑް ވެނުސްޑޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓުގައި ބްރިއަން ޑޭން އެވެ. ލީގުގެ 15،000 ވަނަ ލަނޑު ޖެހީ 2006 ވަނަ އަހަރު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލަމްގެ މޯރިޒް ވޮލްޒެވެ. ދިހަ ހާސް ވަނަ ލަނޑު ޖެހީ ފުލަމްއާ ދެކޮޅަށް 2001 ވަނަ އަހަރު ކުޅުނު މެޗުގައި ޓޮޓެންހަމްގެ ލެސް ފާޑިނަންޑެވެ. އަދި 5،000 ވަނަ ލަނޑު 1996 ވަނަ އަހަރު ޖެހީ ބްލެކްބާންގެ ކްރިސް ސުޓޮން އެވެ. --އޭއެފްޕީ

އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
0 comment