ޑެންގީ

ޑެންގީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ގޭގެއަށް ޒިޔާރަތްކުރަނީ

އާމިނަތު ޝިފްލީން
05 މެއި 2012 16:34 1 ކޮމެންޓު
  • ޑެންގީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ގޭގެ އަށް މިއަދު ޒިޔާރަތްކުރަނީ-- ފޮޓޯ: ރެޑް ކްރެސެންޓް

  • ޑެންގީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ގޭގެ އަށް މިއަދު ޒިޔާރަތްކުރަނީ-- ފޮޓޯ: ރެޑް ކްރެސެންޓް

ޑެންގީއާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ދިވެހި ރެޑް ކްރެސެންޓުން ގޭގެއަށް ޒިޔާރަތްކޮށް، އެ ބައްޔާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފަށައިފި އެވެ.

ރެޑ ްކްރެސެންޓުން ބުނިގޮތުގައި ޑެންގީ ބަލީގައި މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މީހުން މަރުވެފައިވާތީ އެ ބައްޔާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް މިއަދު ހެނދުނުން ފެށިގެން މާލޭގައި ދޮރުން ދޮރަށް ޕްރޮގްރާމެއް ވަނީ ފަށާފަ އެވެ. މި ޕްރޮގްރާމް ފުވައްމުލަކުގައި ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ރެޑް ކްރެސެންޓުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން ޑެންގީގެ މައުލޫމާތު ހިމެނޭ ފޮތް ގޭގެ އަށް ބަހާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.

ޑެންގީ ބަލީގައި މިދިޔަ އަހަރު 11 މީހުން މަރުވެފައިވާތީ ސެންޓަ ފޮ ކޮމިއުނިޓީ ހެލްތު ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ)ން ވަނީ "މަދިރި ރުޅި ރުޅި" ނަމުގައި ކެމްޕޭނެއް ފަށާފަ އެވެ. މި ކެމްޕޭނުގައި ރެޑް ކްރެސެންޓުން ވެސް ވަނީ ބައިވެރިވެފަ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait