ޑރ.ޢަބުދުލް ޢަޒީޒު ޙަމީދު (މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން)
----------------------------------------------------
ދިވެހި ނަން : ކަދުރު
ކަދުރުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ 277 ކިލޯކެލަރީ
ކާބޯހައިޑްރޭޓް 74.97 ގްރާމް
ޕްރޮޓީން 1.81ގްރާމް
ފެޓް 0.15 ގްރާމް
ފައިބަރު 6.7 ގްރާމް
ފޮލިކް އެސިޑް 15 މައިކްރޯ ގްރާމް
ނިއެސިން 1.610 މިލިގްރާމް
ޕެންތޮނިކް އެސިޑް 0.805 މިލިގްރާމް
ޕައިރިޑޮކްސިން 0.249 މިލިގްރާމް
ރައިބޯފްލެވިން 0.060 މިލިގްރާމް
ތިއެމިން 0.050 މިލިގްރާމް
ވިޓަމިން އޭ 149 އައިޔޫ
ވިޓަމިން ކޭ 2.7 މައިކްރޯ ގްރާމް
ސޯޑިއަމް 1 މިލިގްރާމް
ޕޮޓޭސިއަމް 696 މިލިގްރާމް
ކެލްސިއަމް 64 މިލިގްރާމް
ކޮޕަރ 0.362 މައިކްރޯގްރާމް
ދަނގަޑު 0.90 މިލިގްރާމް
މެގްނީޒިއަމް 54 މިލިގްރާމް
މެންގަނީޒް 0.296 މިލިގްރާމް
ފޮސްފަރަސް - 62 މިލިގްރާމް
ޒިންކް 0.44 މިލިގްރާމް
ކެރޮޓީން ބީޓާ 89 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން 23 މައިކްރޯ ގްރާމް
ކަދުރަކީ ވަރަށް ގިނަ ފައިދާތައް ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ. ކަދުރުގައި ޑައެޓްރީ ފައިބަރުގެ މުހިއްމު ދެވައްތަރު ހުރެ އެވެ. އެއީ ފެނަށްގިރޭ ވައްތަރާއި، ފެނަށްގިރިގެންނުދާ ވައްތަރެވެ. ފެނަށްގިރިގެންނުދާ ފައިބަރުގެ ވައްތަރަކީ ކާތަކެތި ގޮހޮރުގެ ތެރޭގައި ފަސޭހައިން ދައުރުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ބަނޑުހިކުމުގެ އުދަނގޫ ކުޑަކޮށް، ބަނޑު ސާފުކުރުމަށާއި، ބަނޑާއި ގޮހޮރުގެ މައްސަލަތައް މެދުވެރިވުމުގެ ފުރުޞަތު ކުޑަކުރުމަށް، ކަދުރުގެ އެހީ ހޯދިދާނެ އެވެ. ފެނަށްގިރޭ ވައްތަރުގެ ފައިބަރަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުން ދަށްކޮށްދީ، ހަކުރު ބަލި ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި ފެނަށްގިރޭ ވައްތަރުގެ ފައިބަރަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.
ދޮންވެފައި ހުންނަ ރޯ ކަދުރުގައި ޕޮޓޭސިއަމް ހުރެ އެވެ. މިއީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ކަދުރަކީ ފަސޭހައިން ހަޖަމުވާ އެއްޗަކަށް ވުމުން ބޭރަށްހިންގުން ފަދަ ކަންތައްތައް ވަރަށް އަވަހަށް ކަދުރު ބޭނުންކުރާނަމަ ރަގަޅުވެ އެވެ.
ކަދުރުގައި ހިމެނޭ ބީޓާ ކެރޮޓީން، ލޫޓިން، ޒިއެޒެންތިން، އަދި ވިޓަމިން އޭ ފަދަ އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ކަދުރު ބޭނުންކުރުމުން ވަރަށް ގިނަ ވައްތަރުގެ ތަކުގެ ކެންސަރުން ރައްކާތެރިވުމުގައި އެހީތެރިކަން ލިބެ އެވެ. އެގޮތުން ގަވާއިދުން ކަދުރު ބޭނުންކުރާނަމަ، ބަނޑުގެ ކެންސަރު، އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ވައްތަރުތައް ޖެހުމާ ދުރުކޮށްދެ އެވެ.
ކަދުރަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދުޖެހުން ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭނެ ކަމެކެވެ. ކަދުރުގައި ހަކުރުގެ އަސާސީ ބައިތައް ހިމެނޭތީ، ކަދުރު ބޭނުންކުރުން ވެފައިވަނީ ހަށިގަނޑުގައި ވަރުޖައްސައިދީ، ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ކަމަކަށެވެ. ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ބާވަތަކަށް ވުމުން ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެ އެވެ.

2 comments