ހުނުމަކީ ފަރުވާއެއް

ޖޯކް: ދޮގުވެރިއެއް... ކެހިވެރިއެއް

އަހުމަދު ނިޔާޒް
09 އޯގަސްޓް 2012 10:55 6 ކޮމެންޓު

ކޯޓުގައި ވަރުގަދަ ޝަރީއަތެއް ހިނގާ ދުވަހެކެވެ. މީހެއް ބޮލުގައި އަނބިމީހާ އާއި ދަރިފުޅު މެރި ކަމުގެ ތުހުމަތުއެޅިފައިވެ އެވެ.

"އަނބިމީހާ މެރި ކަމުގެ ތުހުމަތުގައި ކަލެއާ މެދު ޝަރީއަތްކުރެވެނީ... އެ ވެސް ވަރަށް އަނިޔާވެރި ގޮތަކަށް... މަރުތޭލަކުން ތަޅައި،" ވަކީލު ބުންޏެވެ.

"ތެދެއް ތިޔަ ބުނީ... އެއީ ބޮޑު ދޮގުވެރިއެއް،" ޝަރީއަތް އަޑުއަހަން އިން އަންހެނަކުން ހަޅޭއްލަވައިގަތެވެ. "ގެންގޮސް ހައްޔަރުކުރޭ،"

"ކޯޓުގެ ހުރުމަތް ނުކެނޑުމަށް ހުރިހާ ބޭފުޅުންނަށް ދަންނަވަން،" ފަނޑިޔާރު ނަސޭހަތްތެރިވެ އެވެ.

"ދަރިފުޅު މެރި ކަމަށް ވެސް ތުހުމަތުކުރެވޭ،" ވަކީލު ބުންޏެވެ. "އެ ވެސް ހަމަ މަރުތޭލަކުން ތަޅައި،"

"އޭނަ މަރާފާނެ... އެ ވާނީ ހަމަ ތެދަކަށް... ތީ ބޮޑު ދޮގުވެރިއެއް،" ޝަރީއަތް އަޑުއަހަން އިން މީހާ އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ.

"އަޑުއަހަން ތިބޭ މީހުންނާ މެދު ވެސް ޝަރީއަތްކުރެވިދާނެކަން ހަނދާންކޮށްއަރުވަން،" ފަނޑިޔާރު އިންޒާރުދެއްވި އެވެ.

"އަނބިމީހާ އާއި ދަރިފުޅު މަރާފައި ވަނީ ދެ ދުވަހު... ހަމަ މަރުތޭލުން ތަޅައި،" ވަކީލު ބުންޏެވެ.

"ދޮގުވެރިޔާ... ކެހިވެރިޔާ،" އެއްކަލަ މީހާ ހަޅޭއްލަވައިގަތެވެ.

އެ ހިސާބުން ފަނޑިޔާރަށް ޖެހިވަޑައިގަތީ ހަޅޭލަވާ މީހާ ހައްޔަރުކުރާށެވެ. އަތުގައި ކްލިޕް ބިޑިއަޅުވައިގެން ގެންގޮސް ސުވާލުކުރި އެވެ.

"މި ކަމުގައި ކަލޭގެ ރޯލަކީ ކޮބާ؟"

"އެއީ ދޮގުވެރިއެއް... ބޮޑު ދޮގުވެރިއެއް،"

"އޭނަ އެއީ ކަލޭގެ ކާކު،؟"

"އަވައްޓެރިއެއް،"

"އޭނަ ދޮގުވެރިއަކަށް ކެހިވެރިއަކަށް ވީ ކޮން ގޮތަކުން؟"

"އަހަރެންގެ ފިރިމީހާ ކަބަޑެއް ޖަހަން އުޅުނު ދުވަހަކު... އަހަރެން އެ ގެ އަށް ގޮސް މަރުތޭލެއް އޮތްތޯ އެހިން... އޭނަ ބުނީ ނެތޭ،

"ޖެހިގެން އައި ދުވަހު ވެސް މަރުތޭލެއް ލިބޭތޯ ދިޔައިން... އެ ދުވަހު ވެސް އޭނަ ބުނީ ނެތޭ،"

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait