އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައި އެމްޑީޕީގެ އަންހެނުން މިއަދު ހަވީރު މާލޭގެ ހިނގާލުމެއް ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މި ހިނގާލުން ފަށާފައި ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް މިހާރު ހިންގަމުން އަންނަ އުސް ފަސްގަނޑު ސަރަހައްދުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުން ދިޔައީ އިންސާފު ގާއިމުކޮށްދިނުމަށެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ އިސްތިއުފާ އަށް ގޮވި އެވެ. "ބާޣީ" އޭ ގޮވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވިޔަސް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ނިސްބަތްކޮށް ވަނީ "ބާޣީ" އޭ ގޮވައިފަ އެވެ. އެމްޑީޕީން އުސް ފަސްގަނޑުގައި ބޭއްވި ބައްދަލުވުމެއްގައި އެ ދެ ބޭފުޅުންނަށް ނިސްބަތްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބާޣީ"އޭ ގޮވާފައިވާ ކަމަށް ވިދާޅުވެ ނާޒިމާއި ރިޔާޒު ވަނީ އެ މައްސަލާގައި ދައުވާކުރުމަށް ހުށަހަޅުއްވައިފަ އެވެ.
ހިނގާލުން ކުރި އަށް ދިޔަ އިރު ސަލާމަތީ ބާރުތަކުން ވަނީ ބައެއް މަގުތައް ބަންދުކޮށްފަ އެވެ. މި ގޮތުން ޓްރޭޑާސް ހޮޓަލާއި އެ ހިސާބުން ބޮޑުތަކުރުފާނު މަގާއި ކުރީގެ ގަޑިބުރު ސަރަހައްދުން މަޖީދީ މަގަށް ނުކުންނަން އޮންނަ ވަން ވޭ ފަދަ ބައެއް މަގުތައް ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.
ހިނގާލުން އުސް ފަސްގަނޑަށް ނިންމައިލި އިރު އެއްވެސް ހަމަނުޖެހުމެއް އަދި ކުރިމަތިލުމެއް ވެސް ނުހިނގަ އެވެ. އަންހެނުން ކުރީ ސަފުގައި ނަގައިކީ ނަމަވެސް އެ މީހުންގެ ފަހަތުން ގިނަ އަދަދެއްގެ ފިރިހެނުން ވެސް ހިނގާލުމުގައި ބައިވެރިވި އެވެ.


އެމްޑީޕީގެ މުޒާހަރާ
ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް ޕޮލިހަށް ހާޒިރުުކުރުން
15 comments