ގދ. ވާދޫ ގެއެއްގައި ރޭ އަލިފާން ރޯވެ ތަކެއްޗާ އެކު އަނދައި ހުލިވެއްޖެ އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވި ގޮތުގައި ދެ ކޮޓަރީގެ އެ ގޭގައި ރޯވެ ފަރުނީޗަރާ އެކު ވަނީ އަނދައި ހުލިވެފަ އެވެ. ރޯވިއިރު އެ ގޭގެ ވެރިފަރާތް ހުރީ މަހަށް ގޮސް ކަމަށްވެ އެވެ.
އެ ގޭގައި ރޯވެފައި ހުރި ކަން އެނގުނީ ތަކެތީގައި އަލިފާން ހިފައި އަޑު ގޮވަން ފެށުމުން ކަމަށް ކައުންސިލުން ބުންޏެވެ.
"ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލެވުނު އިރު ފާރުތައް އެކަނި ހުރީ. އެ ފާރުތައް ވެސް ހިއެއް ނުވޭ މާ ގިނައިރުތަކެއް ވަންދެން ހުންނާނެހެން،" ވަހީދު ވިދާޅުވި އެވެ.
ކައުންސިލުން ބުނިގޮތުގައި އެ ގޭގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން އެކަން ތަހްގީގްކުރަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ތ. ތިމަރަފުށީ ގެއެއްގައި ރޯވެ އެނދި އިރު ނ. މިލަދޫ ކޯޓާއި ކައުންސިލް އިދާރާ ވެސް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
3 comments