އައިއެންއައިއޭ

ޖީއެމްއާރުން ގަތަރު އެއާވޭސް އެއް ގަޑިއިރު ވަންދެން ހިފަހައްޓައިފި

އަބްދުﷲ ޖަމީލު
05 ފެބުރުއަރީ 2012 21:12 30 ކޮމެންޓު
  • ގަތަރު އެއާވޭސްގެ ފްލެޓެއް އައިއެންއައިއޭގައި މަޑުކޮށްގެން: އެއާޕޯޓް ހޭންޑްލިން ޗާޖަސްގެ ބޮޑުވުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ހަވީރު ފައިލް ފޮޓޯ

މާލެއިން ދޯހާ އަށް މިރޭ ފުރަން އޮތް ގަތަރު އެއާވޭސްގެ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ ޖީއެމްއާރުން އެއް ގަޑި އިރު ވަންދެން ހިފަހައްޓައިފި އެވެ.

"ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ ބޯޓު މިރޭ 8:00 ގައި ފުރަން އުޅެނިކޮށް އެއާޕޯޓްގައި ހިފަހައްޓާފައި ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގްރައުންޑް ހޭންޑްލިންގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ފައިސާ ނުދައްކައި އޮތުމުންނެވެ. އަދި އެ އެއާލައިނުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ޖީއެމްއާރުން އަންގާފައިވާ ކަމަށް ވެސް "ހަވީރަ"ށް އެނގިފައިވެ އެވެ.

އެއް ގަޑި އިރު ފަހުން ފުރުމުގެ ހުއްދަދިނީ އެ ބޯޓަށް ދައްކަން ޖެހޭ ގްރައުންޑް ހޭންޑްލިން ފީ އާއި ތެލަށް ވާ ފައިސާ ދެއްކުމުންނެވެ.

މިކަމާ ބެހޭ ގޮތުން ޖީއެމްއާރާއި ގަތަރު އެއާވޭސް އަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

30 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait