އައްޑޫ

ހުޅު ޖެހި މައްސަލާގައި އިތުރު އަށް މީހެއްގެ މައްސަލަ ޕީޖީ އަށް

ސ. ފޭދޫން އަހުމަދު އަދްޝަން
07 މާޗް 2012 11:25 2 ކޮމެންޓު
  • އަންދާލާފައިވާ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އެތެރެ: ހުޅު ޖެހި މައްސަލާގައި އިތުރު އަށް މީހެއްގެ މައްސަލަ ޕީޖީ އަށް ވަނީ ފޮނުވާފައި. ހަވީރު ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ތަންތަނުގައި ރޯކޮށް ހުޅު ޖެހުމުގެ ތުހުމަތުގައި އިތުރު އަށް މީހެއްގެ މައްސަލަ ތަހުގީގްކޮށް ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އިތުރު އަށް މީހެއްގެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމާ ގުޅިގެން، ހުޅުޖެހި މައްސަލާގައި މިހާތަނަށް 19 މީހެއްގެ މައްސަލަ ޕީޖީ އަށް ފޮނުވިފައިވާނެ ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރި އިތުރު ބައެއްގެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފަހުގެ ތާރީހެއްގައި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކަށާއި ފުލުހުންގެ މަރުކަޒުތަކަށް ދިން އެންމެ ބޮޑު ގެއްލުންތަކާ ގުޅިގެން 11 މީހެއްގެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އައްޑު އަށެވެ. އެ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާއި ގަން ޕޮލިސް ސްޓޭޝަނާއި މަރަދޫ، ފޭދޫ، ހިތަދޫ އަދި ހުޅުދޫ މެޖިސްޓްރޭޓް ކޯޓް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދާލައިފަ އެވެ. އަދި ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތަކެއް ވެސް ވަނީ އަންދާލައިފަ އެވެ. އަދި ހިތަދޫގައި ހުންނަ ޕީޖީ އޮފީހަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait