ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު 12.30 ހާއިރު، ސ. ގަމަށް ދިޔަ ބޯޓަކުން ދަތުރުކުރި ދެ މީހެއްގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒުގެ 10 ޕެކެޓާއި ހޭޝް އޮއިލް އަޅާފައި ހުރި ފިލްމު ހުސް ކުރި ތިން ދަޅު ފެނިފައިވާ ކަމަށެވެ.
އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ ކަނީރުމާގޭ އަހުމަދު ހަނީފު، ،23 އާއި ސ. ހިތަދޫ އަލީބުހާރީގެ އަހުމަދު ސުޖާއު، ،21 އެވެ.
ފުލުސް އޮފީހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ ހަނީފު ލައިގެން ހުރި ބޮކްސާ ތެރެއިން ކަމަށާއި އޭނާ އަކީ ވައްކަމާއި ފޭރުމުގެ ރެކޯޑް މީގެ ކުރިން އޮތް މީހެއް ކަމަށެވެ. އަދި އޭނާއާ އެކު ދިޔަ ސުޖާއު އަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

5 comments