އަތޮޅުތައް

ފުވައްމުލަކުން ގޯތި ދޫނުކުރާތީ ޕެޓިޝަނެއް ހުށަހަޅައިފި

އާމިނަތު ޝިފްލީން
20 މެއި 2012 23:55 1 ކޮމެންޓު
  • ފުވައްމުލަކު މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުން ގޯތި ދޫނުކުރާ މައްސަލައިގައި ޕެޓިޝަނެއް ވަނީ ހުށަހަޅާފައި.--ފޮޓޯ: އަލީ ރިލުވާން

ފުވައްމުލަކުން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށުގެ ގިނަ ބަޔަކު ސޮއިކޮށް އަތޮޅު ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ގާތްގަނޑަކަށް 800އެއްހާ މީހުން ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަނުގައި ބުނިގޮތުގައި އެ ރަށުން ގޯތި ދޫނުކުރާތާ މިހާރު ހަ އަހަރު ވެފައިވާ އިރު، އޭގެ ސަބަބުން އާއިލާތަކުގައި އޮންނަން ޖެހޭ ގުޅުން ދަނީ ހީނަރުވަމުންނެވެ. އަދި ގޯތި ނުލިބިގެން ރަށުގެ ގިނަ ބަޔަކު އެކި ސަރަހައްދުތަކަށް ދަތުރުކުރަން ޖެހުމަކީ، ކުރިއަށް އޮތްތަނުގައި ވެސް އާއިލީ ގުޅުންތަކަށް ބުރޫއަރާނެ ކަމެއް ކަމުގައި އޭގައި ބުނެފައި ވެ އެވެ.

އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި ފްލެޓް އެޅުމަށާއި އެފަދަ އެހެން މުހިއްމު ކަންކަމަށް ބިން ރިޒާވް ކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް މި ފަދަ ކަންކަމަށް ބޭނުން ނުކުރެވޭ ގިނަ ބިން ފުވައްމުލަކުގައި ހުރި އިރު، އެ ބިންތައް ގޯތީގެ ގޮތުގައި މީހުންނަށް ދޫކުރެވިދާނެ ކަން ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައި ވެ އެވެ.

" ...ފުވައްމުލަކުގެ ކޮންމެ ފަރުދަކަށް ވެސް ދަރަނިން އެއްކިބާ ވެވިފައިވާ، ބޯހިޔާވަހިކަމުގެ ނިޒާމެއް ލިބުމަކީ ފުވައްމުލަކުގެ ކޮންމެ ދަރިއެއްގެ ވެސް އަޒުމެވެ. ...އަދި 'އުފާވެރި ފެހި ފުވައްމުލައް' މި ތަސައްވުރު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވިގެން ދާނީ ވެސް މި ދެންނެވިގޮތަށް މި ރަށުން ގޯތި ދޫކޮށްގެން ކަމުގައި ދަންނަވަމެވެ." އެ ޕެޓިޝަނުގައި ބުނެފައި ވެ އެވެ. "...އަދި ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ގޯތި ދޫކުރުމަކީ އަތޮޅު ކައުންސިލަށް ލިބިގެންވާ ބާރަކަށް ވާތީ، ފުވައްމުލަކުގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލުމަށް އެދެމެވެ."

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait