އެމްސީ ހަމީދު

އެމްސީ ހަމީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

19 ޖޫން 2012 14:46 44 ކޮމެންޓު
  • ބަންދުން ދޫކޮށްލުމާ އެކު ހަމީދު ކޯޓުން ނިކުންނަނީ-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ބަންދުން ދޫކޮށްލުމާ އެކު ހަމީދު ކޯޓުން ނިކުންނަނީ-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ބަންދުން ދޫކޮށްލުމުން މަރުހަބާ ކިޔަން ކޯޓު ދޮށަސް އެއްވެފައި ތިބި ބަޔަކާ އޭނާ ސަލާން ކުރަނީ-- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ބަންދުން ދޫކޮށްލުމުން މަރުހަބާ ކިޔަން ކޯޓު ދޮށަށް މީހުން އެއްވެފައި- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ބަންދުން ދޫކޮށްލުމުން މަރުހަބާ ކިޔަން ކޯޓު ދޮށަށް މީހުން އެއްވެފައި- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ހަމީދު ދޫކޮށްލުމަށް އަމުރުކޮށްފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށް ފަހު މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުންނެވެ. ބުރާސްފަތި ދުވަހު ހައްޔަރުކުރުމަށް އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހަމީދު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އެ އަމުރު އިސްތިއުނާފުކުރުމުން މިއަދު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދު ވެސް ކޮށްފަ އެވެ.

ހަމީދުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ހަމީދު ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ހަމީދު ބަންދުގައި އިތުރަށް ބެހެއްޓުމަށް ކޯޓަށް ނުފެންނާތީ ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ހަމީދު ކޯޓަށް ގެނައި އިރު ގިނަ ބަޔަކު ވަނީ ކޯޓު ކައިރި އަށް އެއްވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވި އެވެ. ހަމީދު ދޫކޮށްލުމާ އެކު ނަޝީދު ވަނީ ހަމީދާ ބައްދަލުކުރައްވައި ސަލާމް ކުރައްވައިފަ އެވެ.

ހަމީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ "މޯލްޑިވްސް ޕޮލިސް ސާވިސް މުވައްޒަފުންތަކެއް ސިޔާސީގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކާ މެދު އާއްމު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ގަދަރަށް އުނިކަން ލިބިދޭގޮތަށް، 'ފުލުހުންނާއި ސިފައިންނާއި ހިންގި ބަޣާވާތް' މި ނަމުގައި ހަގީގަތް އޮޅޭގޮތަށް، ރިޕޯޓެއް ތައްޔާރުކުރުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި މައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވާނެކަމަށް ފެންނަ ކަމަށާއި މި މައްސަލާގައި އިތުރު ބަޔަކު ބައިވެރިވާ ކަމަށް ބެލެވޭތީ މައްސަލައިގެ އިތުރު ހެކި ނައްތާލަފާނެ ކަމަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.

44 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait