ސިފައިންނާއި ފުލުހުންނަށް ޖިސްމާނީ އަނިޔާ ދިނުމާއި މާލޭގެ އަމަން ނަގާލައި، ތަންތަނުގައި ހުޅުޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހ. ހެދޭތުނޑި ޝިޔާން ޝަފީގް (ޝިޔަޅޭ)ގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މާޗް ،19 2012 ގައި ރައްޔިތުން މަޖިލީސް ހުޅުވުމާ ދިމާކޮށް މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ޝިޔަޅޭގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވީ މި މަހުގެ 8 ގަ އެވެ.
މި އަހަރަށް މަޖިލީސް ހުޅުވި ދުވަހު މަގުމަތީގައި ތޫނު ހަތިޔާރު ހިފައިގެން މީހުންނަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ މާޗް 22 ގަ އެވެ.
ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޝިޔަޅޭ ހައްޔަރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހު އެވެ. ތަފާތު ކުށްތަކުގެ ރެކޯޑް އޮންނަ ޝިޔަޅޭ އަކީ ކުރިން ވެސް ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މާލޭގައި ގްރޫޕް މާރާމާރީ އިތުރުވުމާ ގުޅިގެން 2008 ގައި ތަފާތު ގުރޫޕްތަކަށް ތުހުމަތުގެ އިނގިލި އަމާޒުވިއިރު ޝިޔަޅޭ ވަނީ އޭނާ ނިސްބަތްވާ ގުރޫޕުން މާލޭގައި އެފަދަ ކަމެއް ނުހިންގާ ކަމަށް ގްރޫޕްތަކުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިއުލާންކޮށްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
6 comments