މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަދަލަމުންދާ މައްސަލައެއްގެ ތަހްގީގަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ މިއަދު ހާޒިރުކުރަން ނިންމައިފި އެވެ. މާރިޔާ ފުލުސް އޮފީހަށް ހާޒިރުކުރަން ކުރިން ހަމަޖައްސާފައި އޮތީ ބުރާސްފަތިދުވަހުގެ ރޭގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރިޔާ ހާޒިރުކުރާ ގަޑި ބަދަލުކުރީ އޭނާ އެދިވަޑައިގެންނެވުން ކަމަށެވެ. އޭނާ ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވަނީ މިއަދު މެންދުރު ފަހު 30: 2 އަށެވެ.
މާރިޔާ ޕޮލިހަށް ހާޒިރުކުރަނީ ފުލުހުންނަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ރޭ ވަނީ ވިދާޅުވެފަ އެވެ.
އިމްތިޔާޒު އެހެން ވިދާޅުވުމާ ގުޅިގެން ރޭ ދަންވަރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރިޔާ ޕޮލިހަށް ހާޒިރުވުމަށް ޗިޓް ފޮނުވީ މިދިޔަ މެއި މަހު 29 އަދި 30 ގައި މާލޭގައި ހިންގި ހަމަނުޖެހުންތަކަކީ މާރިޔާ އާއި އިތުރު ބަޔަކު އިސްވެ ތިބެ ރާވައިގެން ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތުކުރެވޭތީ އާއި މި ހަމަނުޖެހުންތަކުގައި މާލެ ތެރޭގައި ހަރަކާތްތެރިވާ ގްރޫޕުތައް މަގު މައްޗަށް ނެރެގެން ފުލުހުންނަށް ހަމަލާދީ ފުލުހުންނާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދިނުމަށް ރާވާ އެ ކަންކަން ހިންގުމަށް މާރިޔާ ހިތްވަރުދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.
އެއީ ފުލުހުން އުސްފަސްގަނޑު ބަލައި ފާސްކޮށް، ރޫޅާލުމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން މާލެތެރޭގައި ހިންގި ހަމަނުޖެހުންތައް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
19 comments