ޕޮލިސް

އިންތިގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

20 ޖޫން 2012 20:36 24 ކޮމެންޓު
  • އުސްފަސްގަނޑު ރޫޅާލި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އިންތި ހައްޔަރުކުރަނީ -- ހަވީރު ފައިލް ފޮޓޯ

އުސްފަސްގަނޑު ރޫޅާލުމާ ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މުޒާހަރާތަކުގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމްތިޔާޒު ފަހުމީ (އިންތި) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރުމާއި، އަމަން ބަލަހައްޓަން ހަރަކާތްތެރިވި އަންހެން ފުލުހަކަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ" ކަމަށެވެ.

އުސްފަސްގަނޑު ރޫޅާލި މައްސަލައިގައި އެމްޑީޕީ މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާއާ ގުޅިގެން 52 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ އެންމެން މިހާރު ދޫކޮށްލައިފައިވީ ނަމަވެސް، ބައެއް މައްސަލަތައް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

24 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait