ދުވަސް ފުރާ ވިހާފައިވާ ތުއްތު ކުއްޖަކު ށ. ފޭދޫ ގެއެއްގެ ގިފިލި ތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި މިއަދު 6:30 ހާއިރު ގިފިލިތެރެއިން އެ އަންހެން ކުއްޖާ ނެގި އިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެލި ޑޮކްޓަރު ބުންޏެވެ.
ތުއްތު ކުއްޖާ އަކީ 15 އަހަރުގެ ކުއްޖަކު ނަހަލާލަށް ވިހާފައިވާ ކުއްޖެއް ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ފަނަރަ އަހަރުގެ ކުއްޖާ އަށް މިހާރު އަންނަނީ ފަރުވާދެމުން،" އޭނާ ވިދާޅުވި އެވެ.
ބަލިވެއިނދެ ވިހޭ ކުއްޖާ އަކީ އޭނާގެ ދޮންބައްޕަ އާއި އެ ނޫން ވެސް ބައެއް މީހުންގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ކުއްޖެއް ކަމަށް ފޭދޫ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑީއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ފުލުހުން ބުނީ ތުއްތު ކުއްޖާ ވަޅުލާފައިވާ އޮތް މައްސަލަ ރިޕޯޓްކުރީ ރަށު ކައުންސިލުން ކަމަށެވެ.
18 comments